Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މާފުށީ ޖަލުން 156 ގައިދީން އަދިވެސް ކޮވިޑަށް ފައްސި

މާފުށީ ޖަލުން 156 ގައިދީން އަދިވެސް ކޮވިޑަށް ފައްސި

ކ. މާފުށީ ޖަލުން ކޮވިޑް-19އަށް ފައްސިވީ ގައިދީންގެ ތެރެއިން، ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި މިވަގުތު 156 ގައިދީން އެބަތިއްބެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިރޭ އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކައި ގޮތުގައި، މާފުށީ ޖަލުން މިވަގުތު ކޮވިޑަށް ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި ތިބީ 156 ގައިދީންނާއި 10 ޕްރިޒަން އޮފިސަރުންނެވެ. އެ އަދަދާ އެކު ޖުމްލަ އަދަދު މިހާރު މިވަނީ 166އަށް އަރައިފައެވެ.

މާފުށީ ޖަލުގައި މިވަގުތު ކަރަންޓީނުގައި ތިބީ 82 ގައިދީއަކާއި ދެ ޕްރިޒަން އޮފިސަރުންނެވެ. އެ އަދަދާ އެކު ކަރަންޓީނުގައި ތިބި މީހުންގެ އަދަދު މިވަނީ ޖުމްލަ 84އަށް އަރައިފައެވެ.

Advertisement
Ooredoo — Truecaller (box)

ކޮވިޑުން ފަސޭހަވީ މީހުންގެ އަދަދަށް ބަލާއިރު، މާފުށީ ޖަލުން މިހާރު 116 ގައިދީންނާއި 23 ޕްރިޒަން އޮފިސަރުން ވަނީ މި ބަލިން ފަސޭހަވެފައެވެ. މިއަދަދުތަކާ އެކު މާފުށީ ޖަލުން މުޅިއަކު 139 މީހުން މިވަނީ ކޮވިޑް-19އިން ފަސޭހަވެފައެވެ.

މާފުށީ ޖަލުގައި މަސައްކަތްކުރާ އޮފިސަރުންތަކަކާއި ޖަލުގައި ތިބި ގައިދީންތަކެއް ކޮވިޑަށް ފައްސިވުމާ ގުޅިގެން، ޖަލު ކުއްލި ހާލަތަށް ގެނެސްފައި ވަނީ މި މަހުގެ 14ވަނަ ދުވަހުއެވެ. މާފުށީ ޖަލުން އެންމެ ފުރަތަމަ ފައްސިވެފައި ވަނީ އަލާމާތްތައް ހުރެގެން ސުންކު ނެގި އޮފިސަރުންނާއި ގައިދީންނެވެ.

މި ހާލަތާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެ ސަރވިސްއިން ކަނޑައަޅައިފައިވާ އުސޫލުތަކުގެ ދަށުން މާފުށީ ޖަލުގައި ވަނީ ފިޔަވަޅުތައް އަޅައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް