އެޑްވަޓޯރިއަލް ވިޔަފާރި

ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކް އެވޯޑް، ދިރާގަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދުނިޔޭގެ އެންމެ މަޝްހޫރު ސްޕީޑް ޓެސްޓު ހަދާ ކުންފުނިކަމަށްވާ "އޫކްލާއިން" ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވާރކްގެ އެވޯޑު ދިރާގަށް ދީފިއެވެ.

Ads by Sosun Fihaara

އޫކްލާގެ އެންމެ ފަހުގެ ސްޕީޑް ޓެސްޓު ރީޕޯޓްއިން ދައްކައިގޮތުގައި ދިރާގުން ވަނީ އެންމެ ހަލުވި އަޕްލޯޑް އަދި ޑައުންލޯޑް ސްޕީޑް ހޯދައި ރާއްޖޭގެ މޮބައިލް މާރކެޓް ލީޑަރުގެ މަގާމު ހޯދައިފައެވެ. ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއަކަށް ޑިޖިޓަލް އަދި މުޢާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނީގެ ހައިސިއްޔަތުން ދިރާގުން ވަނީ ރާއްޖޭގައި މީހުންދިރިއުޅޭ ހުރިހާ ރަށަކާއި، ރިސޯޓުތައް އަދި ސިނާއީ މަސައްކަތްކުރާ ހުރިހާ ހިސާބުތަކަކަށް 100 އިންސައްތައަށް 3ޖީ އަދި 4ޖީ މޮބައިލް ކަވަރޭޖް ފޯރުކޮށްދީފައެވެ. މި އެވޯޑާކީ ދިރާގުން ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް 'ޑިޖިޓަލް ރާއްޖެ“އަކަށް ތައްޔާރުވުމަށް ހިތްވަރުދީ ބާރުވެރިކުރުމަށް ކުރެވޭ ޤައުމީ މަސައްކަތުގެ ހެއްކެކެވެ.

އޫކްލާގެ ސީއީއޯ ޑަގް ސަޓްލްސް ވިދާޅުވިގޮތުގައި ސްޕީޑް ޓެސްޓު އެވޯޑްގެ ބައިވެރިންނަކީ ނެޓްވާރކް އޮޕަރޭޓަރުންގެ ތެރެއިން ހޮވާލެވޭ އެލީޓް ޑެލިގޭޝަންސްތަކެއް ކަމުގައްޔާއި އަދި މި އެވޯޑް ލިބޭ ފަރާތްތަކަކީ އެ މާކެޓް އެއް ލީޑްކޮށް ނަގައިކިޔޭވަރުގެ އިންޓަނެޓް ޚިދުމަތެއް ފޯރުކޮށްދެމުންދާ ފަރާތްތަކެކެވެ. އެގޮތުން ދިރާގުން ވަނީ 2021ވަނަ އަހަރުގެ ތިންވަނަ އަދި ހަތަރުވަނަ ކުއާޓަރގައި ވަރުގަދަ ޕަރފޯމަންސްއެއް ދައްކުވައިދީ އަދި ކަސްޓަމަރުން ހަދައިފައިވާ ސްޕީޑް ޓެސްޓުތަކުގެ ނަތީޖާއިން ވެސް ލީޑްނަގައިފައެވެ.

އޫކްލާ ފަދަ ބައިނަލް އަޤްވާމީ މިނިވަން މުވައްސަސާއަކުން މި ޝަރަފުވެރި އެވޯޑް ލިބުމަކީ ދިރާގަށް ލިބުނު ވަރަށްބޮޑު ޝަރަފެއްކަމަށާއި އަދި ދިރާގުގެ ކަސްޓަމަރުންނަށް ލިބުނު އިތުރު ހިތްހަމަޖެހުމެއް ކަމަށާއި، މިއީ ދިރާގުގެ ހީވާގި މުވައްޒިފުން ޚިދުމަތްތަށް އެންމެ މަތީ ފެންވަރުގައި ބެހެއްޓުމަށް ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާކަން ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާޢިލް ރަޝީދު ފާހަގަކޮށް ޝުކުރުދެންނެވިއެވެ. އަދި ކަސްޓަމަރުން ދިރާގަށް ކުރައްވާ އިތުބާރާއި ދިރާގުގެ ޚިދުމަތްތަކަށް ދެއްވާ ތަރުޙީބަށް ޝުކުރު ދެންނެވިއެވެ.

ދިރާގަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަކޮށް ޑިޖިޓަލް ޚިދުމަތްތަކުން ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކުންފުންޏެކެވެ. އަދި ހަމަ އެހެންމެ، ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ދިވެހި މުޖުތަމަޢު ބާރުވެރިކުރުވާ، ޑިޖިޓަލް ފަރަގު ކުޑަ ކުރެވޭނެ ގޮތްތައް ހޯދައި ދެނެގަތުމަށެވެ.

Ads by HDC
  1. ޖީހާނު

    ފިނިހަކަ

  2. ޖީހާނު

    ފިނިހަކަ�

  3. ވާނުވާ.

    ކޮންގޮތަކަށް ބަލައިގެން ދިން އެއްޗެއްބާ؟