އިޖުތިމާޢީ ލުއި ޚަބަރު

ރީތި ތާރީހުތަކުގައި ކައިވެނި ކުރަން ލޯބި ކުރާ މީހުންނަށް ޝެއިހު ޒައިދުގެ މެސެޖެއް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރީތި ތާރީހުތަކުގައި ކައިވެނި ކުރުމަށް ވުރެ މުހިންމީ ކައިވެނީގެ މަގްސަދުތަކާއި ގުރުބާނީތައް އެނގުން ކަަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދުގެ ތާރީހަކީ މިއަހަރުގެ އެންމެ ރީތި އެއް ތާރީހަށް ވާއިރު، މިއަދު މާލޭގައި 39 ކައިވެނި އެބައޮތެވެ. ރީތި ތާރީހުތަކުގައި ކައިވެނި ކުރުމަކީ ދިވެހީންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ ސަގާފަތަކަށްވާއިރު، ދުނިޔޭގެ ނިސްބަތުން ވެސް ވަރި އެންމެ ގިނަ އެއް ގައުމަކީ ވެސް ރާއްޖެއެވެ.

ޝައިޚް ޒައިދު ވަނީ ރީތި ތާރީހުތަކުގައި ކައިވެނި ކުރާ މީހުންނަށް މުހިންމު މެސެޖެއް ދެއްވައިފައެވެ. ވިދާޅުވީ އެއަށް ވުރެ މުހިންމީ ކައިވެނީގެ މަގްސަދާއި ގުރުބާނީތައް އެނގުން ކަމަށެވެ.

އަދި ރުޅިމަޑު ކުރުމާއި ކެތްތެރިކަމާ އެކު ކަންކަން މެނޭޖު ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވައި، ރާއްޖޭގައި ވަރި ގިނަ ވަނީ މިކަންކަމަށް ސަމާލުކަން ނުދެވޭތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

2014 ވަނަ އަހަރުން ފެށިގެން ދުނިޔޭގައި އެންމެ ވަރި ގިނަ ގައުމުގެ ރެކޯޑް ލިބިފައި ވަނީ ރާއްޖެއަށެވެ. ރާއްޖޭގައި ވަރީގެ ނިސްބަތް އުޅެނީ 60 އިންސައްތަ މަތީގައެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ހާމަކޮށްފައިވާ، ދިވެހިރާއްޖޭގައި ކުރެވޭ ކައިވެންޏާއި ވަރީގެ ތަފާސް ހިސާބުގައި ވާގޮތުން، 2018ވަނަ އަހަރު ކޮށްފައި ވަނީ 3166 ވަރިއެވެ. އަދި 2019 ވަނަ އަހަރު 5117 ވަރި ކޮށްފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!