ވިޔަފާރި

ދިރާގުން "ސަޅި ޑެއިލީ ޑޭޓާ" ތައާރަފްކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގައި އެންމެ ޒަމާންވީ މުއާސަލާތީ ހިދުމަތް ދެމުންދާ ކުންފުނި ކަމަށްވާ ދިރާގުން އަމިއްލަ ޕޯސްޓް ޕެއިޑް ތަކަށް "ސަޅި ޑޭޓާ ޑެއިލީ" ބަންޑަލް ތަކެއް މިއަދު ތައާރަފުކޮށްފިއެވެ.

Ads by STELCO

އެ ކުންފުނިން މިއަދު ބުނީ، ބޮޑު ޑޭޓާ ޕެކްތަކެއް ލިބޭ މި ބަންޑްލްތަކުގައި "ސަޅި 90"، "ސަޅި 150" އަދި "ސަޅި 210" ހިމެނޭ ކަމަށެވެ. އަދި ދިރާގު އެޕް މެދުވެރިކޮށް އެއް ފަހަރުން މި އެޑް-އޮން ބަންޑަލްތައް އެކްޓިވޭޓް ކޮށްލެވޭނެ ކަަމަށް ވެސް ބުނެފައިވެއެވެ.

މި ބަންޑްލްތަކާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ދެމުން ދިރާގުން ބުނީ، "ސަޅި 90" ބަންޑަލްގެ ދަށުން 60 ޖީބީގެ ޑޭޓާ ލިބޭއިރު ދުވާލަކަށް އެއް ޖީބީ ވެސް ލިބޭނެ އެވެ. އަދި "ސަޅި 150" ބަންޑަލްގެ ދަށުން 90 ޖީބީގެ ޑޭޓާ ލިބޭއިރު ދުވާލަކަށް ދެ ޖީބީ ވެސް ލިބޭނެ ކަމަށާއި "ސަޅި 210" ބަންޑަލްގެ ދަށުން 120 ޖީބީގެ ޑޭޓާ ލިބޭއިރު ދުވާލަކަށް ތިން ޖީބީ ވެސް ލިބޭނެ ކަމަށެވެ.

ދިރާގުން އިތުރަށް ބުނީ ކަސްޓަމަރުންނަށް އެ ކުންފުނިން ދޭ ހިދުމަތްތަކާއި އިތުރު އޮފާތައް، ކުރިއަށް އޮތްތަނުގައި އިތުރު ކުރަން ވަރަށް ބޮޑަށް މަސައްްކަތް ކުރަމުންގެންދާ ކަމަށެވެ. އެގޮތުން ދިރާގުން ތައާރަފްކޮށްފައިވާ އަމިއްލަ ޕޯސްޓް ޕެއިޑުން ކަސްޓަމަރުން ބޭނުންވާ ގޮތަށް އެތައް "ކަސްޓަމައިޒްޑް އޮޕަޝަންތައް" ހިމެނޭ ކަމަށް ވެސް ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!