ގދ. އަތޮޅުގެ ތިން ރަށަކުން ގިނަ ބަޔަކު ކޮވިޑަށް ފައްސިވެއްޖެ

ގދ. އަތޮޅުގައި ހިމެނޭ ހޯނޑެއްދޫ، ތިނަދޫ އަދި ގައްދޫން ގިނަ ބަޔަކު ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.
މި ތިން ރަށުން ވެސް ގިނަ އަދަދަކަށް މީހުން ކޮވިޑަށް ފައްސިވެފައިވާ އިރު، މިހާރު ވެސް އެ އަތޮޅުގެ އަށް ރަށަކުން ކޮވިޑްގެ ވޭދަނަތައް ފެނިފައިވެއެވެ. އަދި އޭގެ ތެރެއިން ހަ ރަށަކުން މިއަދު ވެސް ވޭދަނަތަކެއް ފެނިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ގދ. އަތޮޅުން ފައްސިވީ މީހުންނަށް ބަލާއިރު، ތިނަދޫން 26 މީހަކާއި، ހޯނޑެއްދޫން 10 މީހަކާއި، ގައްދޫން ވެސް 10 މީހުންގެ އިތުރުން ނަޑެއްލާއިން ދެ މީހަކާއި ފިޔޯރީން ފަސް މީހެއްގެ އިތުރުން ފަރެސްމާތޮޑާއިން ތިން މީހަކު މި ބައްޔަށް މިއަދު ފައްސިވެފައިވެއެވެ.
ގދ.އިން މިއަދު 56 މީހަކު ކޮވިޑަށް ފައްސިވެފައިވެއެވެ. އަދި މުޅި އެ އަތޮޅުގައި ބަލި ޖެހިފައި ތިބި 446 މީހަކު މިހާރު އެބަތިއްބެވެ.