ސަރުކާރު ސިޔާސީ

މާލޭގެ ރައްޔިތުންނަށް ހައްގު މިންވަރަކީ ދެތިންހާސް ގޯއްޗެއް ނޫން: މުއިއްޒު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
މާލެ ސިޓީގެ މޭޔަރ ޑރ.މުހައްމަދު މުއިއްޒު

މާލޭ ރަށްވެހިންނަށް ހައްގު މިންވަރަކީ އެންމެ ދެތިން ހާސް ގޯއްޗާއި ހައެއްްކަ ހާސް ފްލެޓެއް ނޫންކަމަށް މާލޭގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެެއެވެ.

Ads by Hajj Corporation

މޭޔަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލެއިން މަދުވެގެން 4000 ގޯތި ދެވެން އެބައޮތް ކަމަށެވެ. އަދި ހަމަ އެހެންމެ ގުޅިފަޅު ހިއްކައިގެން މަދުވެގެން 10،000 ގޯތި ދެވެން އެބައޮތް ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

މީގެ އިތުރުން ހުޅުމާލެއިން 15000 ފްލެޓާއި, ގުޅިފަޅުން 25،000 ފްލެޓް ދެވެން އެބައޮތްކަން ވެސް މޭޔަރުގެ ޓުވީޓުގައި ވަނީ ފާހަގަކުރައްވައިފައެެވެ.

މުއިއްޒު މިހެން ވިދާޅުވީ، މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި، ސަރުކާރުން މާލެ ރަށްވެހިންނަށް ހުޅުމާލެއިން ގޯތި ވިއްކުމަށް ނިންމައިފައިވާކަން ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އިއުލާނު ކުރެއްވުމުންނެވެ. އެގޮތުން މާލެ ރަށްވެހިންނަށް 5،000 ގޯތި ދިނުމަށް ނިންމަވައިފައިވާކަން ރައީސް ޞާލިހު ވަނީ ހާމަކުރައްވައިފައެވެ.

ރައީސް ޞާލިހު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން، ހުޅުމާލެއިން މަދުވެގެން 1،000 ގޯއްޗާއި، ގުޅިފަޅުން މަދުވެގެން 2،000 ގޯތި ދޭން ނިންމަވައިފައިވާ ކަމަށެވެ.

މީގެ އިތުރުން ގިރާވަރު ފަޅު ހިއްކާ އެބިމުން ވެސް މަދުވެގެން 2،000 ގޯތި މާލޭގެ ރަށްވެހިންނަށް ދޫކުރައްވާނެކަމަށް ވެސް ރައިސް ސާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހި ދައުލަތުގެ ހިޔާވަހިކަމުގެ ދަށުގައިވާ ހުރިހާ ވަސީލަތެއްގެ ހިޔާވަހިކަން ރައްޔިތުންނަށް ލިބެންޖެހޭ ކަމަށާއި ބޭނުންވަނީ އެކުގައި އެއް އަމާޒެއްގައި ތިބެ އެ މަންޒިލަށް ވާސިލުވުން ކަމަށެވެ. އަދި ރިޔާސީ ދައުރު ނިންމަވައިލާނީ އެންމެ ބޭނުން ޖެހިފައިވާ ރައްޔިތުންނަށް ކަންތައްތައް ފަހިކޮށްދީފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Ads by Allied Insurance
  1. ފުވަމުލަކުމީހާ

    މުޢީޒުކަލޭމާއަގަގަދަނުކޮންހުރޭމާލޭރައްޔިތުންއެކަނިނޫންދުނިޔޭއުޅެންޖެހެނީއަކީ2023ރާއްޖެތެރޭމީހުކަލޭމެނަށްރަގަޅުފިލާވަޅެނަގާދޭނެ