ޚަބަރު ސިޔާސީ

ދެ ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫޢު އިންތިޚާބާ ގުޅުމެއް ނެތް: ހަސަން ލަތީފް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މަތި ކޮމަންޑުއާއި ދަށު ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫއު، މިއަދު ކޮމަންޑޫ ދާއިރާގައި ކުރިޔަށް ދިޔަ އިންތިޚާބާ ގުޅުމެއް ނެތް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ) ކާމިޔާބުކުރެއްވުމާ ގުޅިގެން އެމްޑީޕީގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފް ވިދާޅުވީ، އެޖެންޑާ-19އަށް އޮތް ތާއީދު ކޮމަންޑޫ ދާއިރާއިން މިއަދު ފެނިގެން ގޮސްފައިވާ ކަމަށާއި އެޖެންޑާ-19 ގެ ދަށުން ކުރެވިފައި ހުރި މަސައްކަތްތައް އެއްވެސް ރައްޔިތަކަށް އޮޅިފައި ނުވާނެ ކަމަށެވެ.

ބަޖެޓްގައި ނެތީސް، އިންތިޚާބާ ދިމާކޮށް ފެށި ދެ ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫއު ފެށުމާ ގުޅިގެން އެކަމަށް އިދިކޮޅުން ކިޔާ ފާޑު ކިޔުންތަކަށް ޖަވާބު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ، އެއީ އިންތިހާބާ ދިމާކޮށް ފެށި މަޝްރޫއެއް ނޫން ކަމަށާއި އެއީ މާކުރިން ވެސް އެމްޑީޕީން މަސައްކަތް ކުރަމުން އައި މަޝްރޫއެއް ކަމަށެވެ.

"ފުރަތަމަ ކަމަކަށް ދެ ކޮމަންޑޫ ގުޅުވައިލުމުގެ ވާހަކަ. ފުރަތަމަ ކަމަކަށް 200 ވަނަ އަހަރު، އެމްޑީޕީގެ ފުރަތަމަ ސަރުކާރުން އޭރު ވެސް ދައްކަމުން އައި ވާހަކައެއް އެއީ ދެކޮމަންޑޫ ގުޅުވައިލުމުގެ ވާހަކަ. ދެން އަޅުގަނޑުމެންގެ ސިޔާސަތެއް އެއީ މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅިފައި އޮންނަ ލާމަރުކަޒީ ދިވެހިރާއްޖެއަށް ގާއިމުކުރުމުގެ ވާހަކަ،" މާލޭގެ ތޮއްޖެހުން ކުޑަކޮށް، ރަށްރަށުން ވަސީލަތްތައް ހޯދައިދިނުމަކީ އެމްޑީޕީގެ އަބަދުވެސް އަމާޒެއް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

Ads by Ooredoo
  1. މުންޖިޗޭ

    ތިޔަނިމުނީ. އެންމެފަހުގެ ނިންމުން ތިޔަ އިވިގެންދިޔައީ. މިގައުމުގެ އެންމެމަތީ ފަނޑިޔާރުގެއިން ތިޔަނިންމުން ތިޔައިއްވީ. ދެކޮޅަށް އެއްޗެކޭ ބުނެވޭނެ މީހަކު ނުހުންނާނެ. ބަޖެޓްގައި އެއްވެސްގޮތަކަށް ނުހިމެނޭ މަޝްރޫޢުތައް އިންތިޚާބު އޮންނަދާއިރާގައި ހިންގުން މިދުވަސްކޮޅު ވާނީ ހަމަ އިއްތިފާގަކަށް. ކުޑަކުދިން ނިންދަވަން ވަގު ބުޅަލާ ނާދޭ މިގޭދޮށަށް ނާދޭ ކިޔާފަ ބާރުބާރަށް އުނދޯލި ހިއްލީމަ އެކުދިން ބިރުން ހިރުވާވެސްނުލާތިބެ ނިދާހެން ދިވެހިން ނިދާނެ. އަދިވެސް ތިޔަކަހަލަ ފަރިއްސެއް ކިޔާލާތި. ދިވެހިން ހަމަ ރަނގަޅަށް ނިދާނެ.