Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އައްޑޫ ހޮސްޕިޓަލް ކައިރީ ވަލުތެރޭގައި ހަވީރު ރޯވި އަލިފާންގަނޑު ނިއްވައިލެވުނީ ފަތިހު

އައްޑޫ ހޮސްޕިޓަލް ކައިރީ ވަލުތެރޭގައި ހަވީރު ރޯވި އަލިފާންގަނޑު ނިއްވައިލެވުނީ ފަތިހު

އައްޑޫ ސިޓީ ހިތަދޫ އިކްއެޓޯރިއަލް ހޮސްޕިޓަލު ދިމާ ވަލުތެރޭގައި އިއްޔެ ހަވީރު ރޯވި އަލިފާންގަނޑު، ރޭ ފަތިހު ނިއްވައިލައިފާވާކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، އިއްޔެ ހަވީރު 4 ޖަހާކަންހައިއިރު ރޯވި އަލިފާންގަނޑު ރޭ ފަތިހު 4 ކަންހައިއިރު ނިއްވައިލައިވާ ކަމަށެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، ރޭ ރޯވި އަލިފާންގަނޑު ނިއްވައިލެވުނު ނަމަވެސް، އެ ސަރަހައްދު އަދިވެސް މޮނިޓަރ ކުރަމުންދާ ކަމަށެވެ.

Advertisement
Ooredoo — Square (box)

އަލިފާންގަނޑު ނިއްވައިލުމަށް، ސިފައިންގެ ފަޔަރ ޑިޕާޓްމެންޓްގެ އިތުރުން، ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ ފަޔަރ ފައިޓަރުން ވަނީ ހަރަކާތްތެރިވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް