ޚަބަރު ސިޔާސީ

ކޮމަންޑޫ ދާއިރާގެ އިންތިޚާބީ މެންބަރު މާދަމާ ހުވާ ކުރަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮމަންޑޫ ދާއިރާގެ އިންތިޚާބީ މެންބަރު އެމްޑީޕީގެ މުހައްމަދު ރާޝިދު މެންބަރު ކަމުގެ ހުވާ ކުރެއްވުން މާދަމާ އޮންނާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

Ads by MWSC

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ރާޝިދު ހުވާ ކުރެއްވުން މާދަމާ ހެނދުނު 8:30ގައި އޮންނާނެ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދު ކާމިޔާބު ކުރެއްވީ އޭނާއާ ވާދަކުރެއްވި އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުހީގެ މައްޗަށް 240 ވޯޓުން ކުރި ހޯއްދަވައިގެންނެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު އިއުލާނު ކުރި ދާއިމީ ނަތީޖާތަކަށް ބަލާއިރު އިންތިހާބު ކާމިޔާބު ކުރެއްވި ރާޝިދަށް ލިބިވަޑައިގަތީ 1،401 ވޯޓެވެ. ފަތުހީއަށް 1،161 ވޯޓު ލިބިވަޑައިގެންނެވިއިރު އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހަންނާން އިދުރީހަށް 323 ވޯޓް ލިބިވަޑައިގަތެވެ.

މި އިންތިހާބުގައި ވޯޓްލީ މީހުންގެ ޖުމްލަ އަދަދަކީ 2،932 އެވެ. ސައްހަ ވޯޓްގެ އަދަދަކީ 2،885 ވޯޓެވެ. 47 ވޯޓް ބާތިލު ވޯޓްގެ ގޮތުގައި ގުނައިފައިވެއެވެ.

Ads by HDC
  1. އިއްބެ

    އެމްޑީޕީގެތޮއްޑޫ މެމްބަރުންގެ ފަރާތުން ކޮމަންޑޫދާއިރާގެމެމްބަރަށް ޚާއްސަކޮށްއެމްޑީޕީގެހުރިހައިމެމްބަރުންނަށް ހޫނުމަރުހަބާއެއްދަންނަވަން

  2. ފަރުހޫދު

    ގާބޫނުހަދަން ތަންދޮރުނުދަންނަމީހުން ލީމަ ގައުމުވާނީ ހަލާކު ތިނޫންމީހާކު އެމްޑީޕީންވެސް ނެރެވުނީސް