Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކަން ހުޅުވައިލި 26 ބިމަށް 211 ބީލަން

ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކަން ހުޅުވައިލި 26 ބިމަށް 211 ބީލަން

ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކަން ހުޅުވައިލި 26 ބިމަށް 211 މީހަކު ބީލަން ހުށަހަޅައިފިއެވެ.

ހައުސިިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބިން ވިއްކަން ހުޅުވައިލީ ގޮނޑުދޮށާ ކައިރިން ބީޗްފްރަންޓުންނެވެ. އެ ކޯޕަރޭޝަނުން ބީލަން ބަލައިގަތުން މިއަދު ކުރިއަށް ގެންދިޔައީ ހެނދުނު 9:00އިން މެންދުރު 12:00އަށް ހ. މީރުމާގެ ފަސްވަނަ ބުރީގައެވެ. އަދި އެތަނުގައި ބީލަން ކެނޑުން ކުރިއަށް ގެންދިޔައީ މިއަދު މެންދުރު ފަހު 1:00އިން ފެށިގެންނެވެ.

އެޗްޑީސީން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން 60 ބިން ވިއްކަން ނިންމައިފައެވެ. އެ ބިންތައް ދޫކޮށްލަނީ އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށެވެ.

Advertisement
Ooredoo — Square (box)

އެގޮތުން އެޗްޑީސީން ވިއްކަން ނިންމައިފައި ވަނީ 1603.07 އަކަފޫޓާއި 2633.93 އަކަ ފޫޓާ ދެމެދުގެ ސައިޒުގެ ބިންތަކެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ބީޗު ފްރޮންޓުން ވިއްކާ 26 ބިމުގެ އަގު ފެށެނީ އަކަފޫޓެއް 3،900 ރުފިޔާއިންނެވެ. އެ ތަނުން ބިމެއްގެ އެންމެ ކުޑަ އަގު ވެސް 6.2 މިލިއަން ރުފިޔާ ޖެހެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް