Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އިންޑިއާގެ ޑިފެންސް ސެކްރެޓަރީ، މާރިޔާއާ ބައްދަލުކުރައްވައިފި

އިންޑިއާގެ ޑިފެންސް ސެކްރެޓަރީ، މާރިޔާއާ ބައްދަލުކުރައްވައިފި

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިޔާގެ ޑިފެންސް ސެކްރެޓަރީ ޑރ އަޖޭ ކުމާރު،  ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ޑިފެންސް މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެފަރާތުން ވަނީ ވޭތުވެދިޔަ ތިން އަހަރުދުވަހުގެ ތެރޭގައި، އިންޑިޔާއާއި ރާއްޖެއާ ދެމެދު ޑިފެންސް ކޯޕަރޭޝަން އިތުރަށް ފުޅާވެ، ވަރުގަދަވެގެން ގޮސްފައިވާކަން ފާހަގަކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ މާރިޔާ ވަނީ، ކޮވިޑް-19ގެ އާލަމީ ވަބާގެ ދަތި ހާލުގައި ބޭސްފަރުވާއާއި ކާބޯތަކެއްޗާއި އިންސާނީ އެހީއާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި، އިންޑިއާ ސަރުކާރުން ވެދެއްވައިފައިވާ އެހީތެރިކަމަށް ޓަކައި ޝުކުރުއަދާކުރައްވައިފައެވެ. މިގޮތުން، ވޭތުވެދިޔަ ތިން އަހަރުދުވަހުގެ ތެރޭގައި، 170އަށް ވުރެ ގިނަ މެޑިކަލް އިވޭކުއޭޝަނާއި 130 ސަރވައިލެންސް މިޝަން ހިންގުމުގައި އިންޑިޔާގެ އެހީތެރިކަން ލިބިފައިވާކަން މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.

Advertisement
Allied Insurance — Square (box)

އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ޑރ އަޖޭ ކުމާރު ވަނީ، އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ޕާރޓްނަރޝިޕް އިތުރަށް ވަރުގަދަކުރުމަށް ޓަކައި އިންޑިއާ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށް ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް