Monday, 2 November 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

ސަރުކާރުން ގެންނަ ތަރައްގީއަކީ ނުވާ ކަންކަމުގެ ގޮތުގައި ދެއްކުމަށް ބަޔަކު މަސައްކަތް ކުރޭ: ނަޙްލާ

ސަރުކާރުން ގެންނަ ތަރައްގީއަކީ ނުވާ ކަންކަމުގެ ގޮތުގައި ދެއްކުމަށް ބަޔަކު މަސައްކަތް ކުރޭ: ނަޙްލާ
ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން، ރާއްޖެ ތަރައްގީ ކުރުމަށް ޓަކައި ކުރާ މަސައްކަތްތަކަކީ ނުވާ ކަންކަމުގެ ގޮތުގައި ދެއްކުމަށް ސިޔާސީ އެކި ފަރާތްތަކުން މަސައްކަތް ކުރާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ މަޑިވަރު އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައެވެ. ނަހުލާގެ ވާހަކައިގައި ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅުވައިލުމަކީ، މި ސަރުކާރުގެ މުހިންމު ކެމްޕެއިން ވައުދެއް ކަމަށާއި، އެ ވައުދުގައި ކުލަ ޖެހެމުން އަންނަކަން ފާދިއްޕޮޅުގެ ރައްޔިތުންނަށް ޔަގީންވެފައިވާ ކަމަށް ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ.
"ތަރައްގީއާއި ތަމައްދުން ހާސިލު ކުރުމަށް ޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ނިންމައިފައިވާ އިރު، މި މަސައްކަތްތަކަކީ ނުވާ ކަމެއްގެ ގޮތުގައި ދައްކަން ސިޔާސީ ފަރާތްތަކުން ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް، މިއަދު އެކަން ރާއްޖޭގެ ރައްޔިތުން ގަބޫލެއް ނުކުރާނެ." މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ކޮވިޑް-19ގެ މި ދަތި ހާލަތުގައި ވެސް، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް، ދުވަހަކު ވެސް ކުރި ނާރާ މިންވަރަށް މިއަދު ކުރިއަރައިފައިވާ ކަމަށެވެ. އަދި މި ސަރުކާރުން ކެމްޕެއިނާ ދިމާކޮށް ނުނިމި ހުރި އެއާޕޯޓެއް، ވާރޭގެ ތެރޭގައި ނުހުޅުވާނެ ކަމަށް ވިދާޅުވެ، ނަހުލާ ވަނީ އިދިކޮޅު ލީޑަރު، ރައީސް ޔާމީނަށް ވެސް ފާޑުވިދާޅުވެފައެވެ. އެ ކަމަނާ ވިދާޅުވީ، ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް މި ސަރުކާރުން އެފަދަ ކަމެއް ނުކުރާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް