ޚަބަރު

ދެ ކޮޓަރީގެ ފްލެޓަކީ ހައްލެއް ނޫން، ބޭނުންވަނީ ތިން ކޮޓަރި: ރައީސް ޞާލިޙް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އާއިލާއެއް ދިރިއުޅޭން ދެ ކޮޓަރިއަކީ ހައްލެއް ނޫން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް މިހެން ވިދާޅުވީ ނައިފަރުގައި ސަރުކާރުން ތަރައްޤީކޮށްފައިވާ 100 ހައުސިންގ ޔުނިޓުގެ މަސައްކަތް ނިންމައި ކައުންސިލާ ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ނައިފަރުގައި އެޅި 1000 އަކަފޫޓުގެ ތިން ކޮޓަރި ފްލެޓުތަކަކީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް އެޅި ފްލެޓްތަކެއް ކަމަށެވެ. އަދި އިޖުތިމާއީ ބޯހިޔާވެހިކަމުގެ ޕްރޮޖެކްޓްތައް ދެ ކޮޓަރީގެ ފްލެޓަށް ވުރެ ތަނަވަސްވާން ޖެހޭނެ ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޯހިޔާވެހިކަމުގެ ސިޔާސަތު ތަންފީޒު ކުރަމުންދާއިރުގައި އަޅުގަނޑުމެންނަށް ޤަބޫލު ކުރެވުނީ ދެ ކޮޓަރީގެ ފްލެޓެއް، ނޫނީ ގެއެއް އެއީ އެންމެ ރަނގަޅު ހައްލު ނޫން ކަމަށް. އާއިލާއެއް އެކުގައި އުޅޭ ކަމަށްވަންޏާ, އަދި މައިންބަފައިންނާ އެކީގައި އުޅޭ ކަމަށް ވަންޏާ އެއަށް ވުރެ ތަނަވަސްކޮށް އެ ގެއެއް ނުވަތަ ފްލެޓެއްގައި އުޅެވެން ޖެހޭނެ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ ބޯހިޔާވެހިކަމުގެ މަޝްރޫއުތައް އަތޮޅު ތެރޭގައި ހިންގަމުން އަންނަ ކަމަށާއި މިގޮތުން ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމުގެ ގޮތުން 14 ރަށެއްގައި 1575 ހައުސިންގ ޔުނިޓެއްގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.

ދެ ކޮޓަރީގެ ފްލެޓްތައް ކުޑަ ކަމަށް ރައީސް ޞާލިޙް ވިދާޅުވި ނަމަވެސް، މި ސަރުކާރުގެ މަޝްރޫއުތަކުގެ ތެރޭގައި ދެ ކޮޓަރީގެ އެޕާޓްމެންޓްތައް ވެސް ހިމެނެއެވެ.

Ads by HDC
  1. ޜިފާ

    ކަލޭމެންނަށް ކަމެއް އެބަވޭތަ މި 5 އަހަރު ނިމިގެން މިދަނީ ،އަބަދުވެސް ބަލަނީ މި 5 އަހަރު ތެރޭގައި ސިޔާސީ މީހަކު ޖަލައް ނުލާވޭތޯ.ހެޔޮ ސަރުކާރުން ކިތަށްމެ މީހަކު ޚިޔާނާތް ތެރި ވިއަސް…..