Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޚިޔާލު ދީ މަޝްރޫއުތައް ކުރިޔަށް ދާނީ ރައްޔިތުން ބޭނުންވާ ގޮތަށް: ރައީސް ޞާލިޙް

ޚިޔާލު ދީ މަޝްރޫއުތައް ކުރިޔަށް ދާނީ ރައްޔިތުން ބޭނުންވާ ގޮތަށް: ރައީސް ޞާލިޙް

ސަރުކާރުން ހިންގަމުން އަންނަ މަޝްރޫއުތަކަށް ބަދަލު ގެންނަން ބޭނުންވާ ނަމަ އެކަން ސަރުކާރާ ހިއްސާ ކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގަންނަވައިފިއެވެ.

ޅ.އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ޞާލިޙް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި މިއަދު ޅ. އޮޅުވެލިފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ އެރަށުގައި ގިނަ މަޝްރޫއުތަކެއް ހިނގަމުން އަންނަ ކަމަށާއި ތަރައްޤީގެ މަޝްރޫއުތައް ކުރިއަށްދާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.

މީގެ އިތުރުން ހިނގަމުންދާ މަޝްރޫއުއަކަށް ޚިޔާލެއް އޮތް ނަމަ އެ ރަށެއްގެ ކައުންސިލާ ހިއްސާ ކުރުމަށް ރައީސް އެދިލެއްވިއެވެ. ރައީސް ވިދާޅުވީ، ކައުންސިލާ ހިއްސާ ކުރުމުން ސަރުކާރުން ކަމާ ގުޅޭ މުއައްސަސާތަކާ އެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.

Advertisement
Allied — Dhen Online (box)

މި ބައްދަލުވުމުގައި ރައްޔިތުން ވަނީ ރަށް ކައިރީގައި މޫދަށް އެރޭނެ ސަރަހައްދެން ނެތުމާއި އޭޓީއެމްގެ ޚިދުމަތް ލިބެން ނެތުމުން އެކަމުގެ ކަންބޮޑުވުންތައް ހިއްސާ ކޮށްފައެވެ. ރައްޔިތުންގެ މި ވާހަކަތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ބަނދަރުގެ މަސައްކަތް ކުރިއަށްދާއިރު އޮޅުވެލިފުށި ކައިރީގައި ޕިކްނިކް އައިލެންޑެއް މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވަނީ މިއަހަރުގެ ތެރޭގައި ރަށުގައި އޭޓީޢެމްގެ ޚިދުމަތް ފެށިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް