Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސަރުކާރު

ދިވެހި ރައްޔިތުންގެ ފަރާތުން ރާނީއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފި

ދިވެހި ރައްޔިތުންގެ ފަރާތުން ރާނީއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފި

ދިވެހި ރައްޔިތުންގެ ނަމުގައި، އިނގެރޭސި ރާނީ އެލިޒަބެތު(ދޭއް)އަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އަވަސް ޝިފާއަކަށް އެދިވަޑައިގެންފިއެވެ.

އިނގެރޭސި ރާނީއަށް ކޮވިޑް ބަލި ޖެހިވަޑައިގެންނެވިކަން، ބަކިންހަމް ޕެލަސްއިން މިއަދު ވަނީ ހާމަކޮށްފައެވެ. އެގަނޑުވަރުން ބުނީ، މިހާރު އުމުރުފުޅުން 95 އަހަރުގެ ރާނީގެ ކިބައިން ބަލީގެ އާދައިގެ އަލާމަތްތަކެއް ފެންނަ ކަމަށާއި، އެކަމަނާ "ލައިޓް ޑިއުޓީ" އަދާ ކުރެއްވުމުގައި ދެމި ހުންނަވާނެ ކަމަށެެވެ.

ރާނީ ފައްސިވުމާ ގުޅިގެން ރައީސް ޞާލިހު ކުރެއްވި ޓްވީޓެއްގައި ވަނީ ދިވެހިންގެ ނަމުގައި ރާނީއަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. އަދި އެކަމަނާއަށް މި ބަލި ޖެހިވަޑައިގަތް ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

https://twitter.com/ibusolih/status/1495398783433474050

 

ރާނީއަށް ކޮވިޑް ޖެހިވަޑައިގެންނެވި އިރު، އެކަމަނާގެ ދަރިކަލުން، ޕްރިންސް ޗާލްސްއަށް ވަނީ ދެ ފަހަރު ކޮވިޑް ޖެހިވަޑައިގެންފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް