ޚަބަރު އިޖުތިމާޢީ

އިތުރު 1،767 މީހުން ތިންވަނަ ޑޯޒް ޖަހައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ކޮވިޑް-19 ބަލިން ދިފާއުވުމަށް ޓަކައި ޖަހާ ވެކްސިންގެ ތިން ވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 118،396އަށް އިތުރު ވެއްޖެއެވެ.

Ads by Hajj Corporation

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން ރޭ ހާމަ ކުރި މައުލޫމާތުން އެނގޭ ގޮތުގައި، އިތުރު 1،767 މީހަކު ވަނީ ތިންވަނަ ޑޯޒް ނުވަތަ ބޫސްޓަރ ޑޯޒް ޖަހައިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން މި ޑޯޒް ޖެހި 281 މީހަކާއި، އަތޮޅު ތެރެއިން ވެކްސިން ޖެހި 1486 މީހުންނެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒް އަލަށް 16 މީހަކު ޖަހައިފައިވާއިރު، 22 މީހަކު ވަނީ ދެވަނަ ޑޯޒް ޖަހައިފައެވެ. މިއާއެކު ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 398،072އަށް އިތުރު ވެފައެވެ. އަދި ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 370،710އަށް އަރައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!