Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ލުއި ޚަބަރު

ޑޮކްޓަރުކަން ދޫކޮށްލައި ޕާން ފިހާ މީހަކަށް!

ޑޮކްޓަރުކަން ދޫކޮށްލައި ޕާން ފިހާ މީހަކަށް!
ސައުދީ ޢަރަބިއްޔާގެ މެޑިކަލް ޑޮކްޓަރެއް ، ޞިއްޙީ ދާއިރާ ދޫކޮށް ޕާން ފިހުމުގެ މަސައްކަތް ފަށައިފިއެވެ. ބޭރުގެ ޚަބަރުތައް ބުނާ ގޮތުގައި ، ޕާން ފިހުމުގެ މަސައްކަތުގައި 150އަށް ވުރެ ގިނަ އަހަރު މަސައްކަތް ކުރަމުން އަންނަ ޢާއިލާއަކުން އުފަންވި ޑރ. ފައިސަލް އަލްރަބީ ޑޮކްޓަރުކަން ދޫކޮށް ޕާންފިހުމުގެ މަސައްކަތަށް ބަދަލުވީ ޢާއިލީ ޝަރަފު ދެމެހެއްޓުމަށް ޓަކައެވެ. ޑރ. ފައިސަލްގެ ބައްޕައަކީ ވެސް ޕާން ފިހާ މީހެކެވެ. އޭނާ ބުނީ ކުޑައިރުންސުރެ ބައްޕަގެ މަސައްކަތް ވަރަށް ގަޔާވާ ކަމަށެވެ. ބޭރުގެ މީޑިއާތަކުގެ ފަލަ ސުރުޚީއަށް ވެފައިވާ މި ވާހަކައާ ގުޅޭ ގޮތުން ޑރ.ފައިސަލް ބުނެފައި ވަނީ ޑޮކްޓަރުކަމާއި ޕާންފިހުމުގެ މަސައްކަތުގެ ތެރެއިން މަސައްކަތެއް އިޚްތިޔާރު ކުރުމުގައި އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި ނަމަވެސް އޭނާގެ ނިންމުން ގިނަ ބަޔަކު ބަލައިގެންފައިވާ ކަމަށެވެ. އަދި މި ނިންމުމާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ތަޢުރީފާއި ލޯބި އޭނާއަށް ލިބިފައިވާ ކަމަށް ވެސް ފައިސަލް ބުނެފައި ވެއެވެ. ފައިސަލް ބުނެފައި ވަނީ ސައުދީގެ ޒުވާނުންނަށް ޚާއްޞަކޮށް މި ދާއިރާއިން ތަމްރީން ދިނުމުގެ ޕްރޮގްރާމްތަކެއް ބާއްވަން އުއްމީދުކުރާ ކަމަށާއި މިހައިރު ވެސް ބައެއް މީހުންނަށް ތަމްރީން ދީފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް