Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މަސްތުވާތަކެތީގެ ވިޔަފާރީގައި ފްރަންޓެއްގެ ގޮތުގައި ރަޝީދާ ބޭނުން ކުރީ އަންނައުނު ވިއްކާ ފިހާރައެއް

މަސްތުވާތަކެތީގެ ވިޔަފާރީގައި  ފްރަންޓެއްގެ ގޮތުގައި ރަޝީދާ ބޭނުން ކުރީ އަންނައުނު ވިއްކާ ފިހާރައެއް

މަސްތުވާތަކެތީގެ މައްސަލައިގައި އިންޑިއާއިން ހައްޔަރުކޮށްފައިވާ 58 އަހަރުގެ ބ. އޭދަފުށީ، އާމިނަތު ރަޝީދާއަކީ އަންނައުނު ވިއްކާ ފިހާރައެއް ހިންގަމުން އަންނަ ފަރާތެއް ކަމަށާއި އޭނާ މަސްވުވާތަކެތީގެ ވިޔަފާރި ކުރަމުން އަންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)ގެ ތަޙްޤީޤުން ހާމަވެއްޖެއެވެ.

އިންޑިއާއިން ރަޝީދާ ހައްޔަރުކޮށްފައި ވަނީ، ވިޔަފާރި ދަތުރެއްގައި މި މަހުގެ 12ވަނަ ދުވަހު އިންޑިއާއަށް ދިޔަތަނުން އެ ގައުމުގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

އެންސީބީއާ ހަވާލާދީ އެގައުމުގެ ނޫހެއް ކަމަށްވާ "މިޑްޑޭ" އިން ރިޕޯޓްކޮށްފައި ގޮތުގައި ރަޝީދާ ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު މަހުގެ 11ވަނަ ދުވަހު އިންޑިއާއިން ރާއްޖެއަށް އަވަނެއްގެ ތެރެއަށް ލައިފައި ފޮނުވަން އުޅެނިކޮށް އަތުލައިގަތް 3.9 ކިލޯގެ އޮޕިއަމްއާ ގުޅުން ހުރި މައްސަލައެއްގައެވެ.

Advertisement
HDC — Sidebar (box)

އެ ނޫހަށް މައުލޫމާތު ތިން ފަރާތާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ޑުރަގް ހުރީ އިންޑިއާއިން މުދާ ފޮނުވާ ބަޔަކު މެދުވެރިކޮށް ފޮނުވި އެއްޗެއްގެ ތެރޭގައި ކަމަށެވެ. އެ ތަކެތި އެޑްރެސްކޮށްފައިވާ މީހަކީ ރަޝީދާ ކަމަށް ވެސް ތަޙްޤީޤުން ހާމަވެފައިވާ ކަމަށް އެ ނޫހުން ބުނެއެވެ.

އޭނާގެ ބަންދަށް އެންމެ ފުރަތަމަ މުންބާއީގެ ކޯޓުން ދިނީ ތިިން ދުވަހެވެ. ނަމަވެސް އެ މުއްދަތު ހަމަވުމުން ވަނީ އިތުރު 14 ދުވަސް ޖަހައިފައެވެ.

އެ ނޫހުން އިތުރަށް ބުނެފައި ވަނީ، މަސްތުވާތަކެތި ޕެޑެލްކުރުމުގެ ތުހުމަތުގައި އޭނާގެ ފިރިހެން ދަރިއެއް ހައްޔަރުކުރި ކަމަށެވެ.

މިކަމާ ގުޅިގެން ދިވެހި ފުލުހުން މިހައިތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް