Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ދެ ދާއިރާއެއްގެ އިންތިހާބު ޖެންޑާ މިނިސްޓްރީން ފަސްކޮށްފި

ދެ ދާއިރާއެއްގެ އިންތިހާބު ޖެންޑާ މިނިސްޓްރީން ފަސްކޮށްފި
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލް އިންތިޚާބުގައި މީހުން ހޮވަން ޖެހޭ ދެ ދާއިރާއެއްގެ އިންތިހާބު ޖެންޑާ މިނިސްޓްރީން ފަސްކޮށްފިއެވެ. ހަތް މެމްބަރުން އެކުލެވިގެންވާ މި ކައުންސިލުގައި ހިމެނިގެން ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރަކާއި ޖެންޑާ މިނިސްޓްރީން އައްޔަންކުރާ މެންބަރެއްގެ އިތުރުން މެޑިކަލް ޑޮކްޓަރުންގެ ތެރެއިން ޑޮކްޓަރަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅުން ހުރި ހަތަރު މެންބަރެކެވެ. އެގޮތުން މި ކައުންސިލަށް އިންތިހާބު ކުރާ ހަތަރު މެންބަރުން ތަމްސީލު ކުރާ ދާއިރާތަކަކީ:
  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ޖަމިއްޔާތަކުން ނުވަތަ އެފަދަ މީހުންނަށް ހިދުމަތްދޭ ޖަމިއްޔާތަކުން އިންތިހާބު ކުރާ މެންބަރެއް
  • ނަފްސާނީ ބަލިތަކާ ބެހޭ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން އިންތިހާބު ކުރާ މެންބަރެއް
  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންގެ ތެރެއިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އިންތިހާބު ކުރާ މެންބަރެއް
  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އިންތިހާބު ކުރާ މެންބަރެއް
މި އިންތިހާބު ކުރިން ބޭއްވުމަށް ހަމަޖެހިފައި ވަނީ 24 ފެބްރުއަރީ 2022 (މާދަމާ)ގައެވެ. ނަމަވެސް މިހާރު، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އިންތިހާބު ކުރާ މެންބަރު ހޮވުމާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންގެ ތެރެއިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އިންތިހާބު ކުރާ މެންބަރު ހޮވުން މިހާރު ވަނީ ފަސްކޮށްފައެވެ. ޖެންޑާ މިނިސްޓްރީން މި އިންތިހާބު ފަސްކުރި ނަމަވެސް، ދެން އިންތިހާބު ބާއްވާނެ ދުވަހެއް ބުނެފައެއް ނުވެއެވެ. އެ މިނިސްޓްރީން ބުނީ، އިންތިހާބު ފަސްކުރީ އެ ދެ ދާއިރާއިން މީހުން ހޮވުމުގެ އިންތިހާބުގެ ބައެއް ކަންކަމާ ގުޅިގެން ލިބިފައިވާ ޝަކުވާތަކުގެ ސަބަބުން ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް