ޚަބަރު

ދާރުލްއާސާރާއި އުތީމު ގަނޑުވަރު ހުޅުވައިލަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ބަންދުކުރި ދާރުލްއާސާރާއި އުތީމު ގަނޑަރު އާންމުންނަށް ހުޅުވައިލާން ނިންމައިފިއެވެ.

Ads by STELCO

ކޮވިޑާ ގުޅިގެން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން، ދާރުލްއާސާރު ވަގުތީ ގޮތުން ބަންދުކުރީ މިިދިޔަ މަހުގެ 18ވަނަ ދުވަހުއެވެ.

ރާއްޖޭގެ ކޮވިޑް ހާލަތު އިންތިހާއަށް މިދިޔަ މަހު އިތުރުވެ، ހާލަތު ރަތް އެލާޓަށް ބަދަލު ކުރުމާ ގުޅިގެން، ދާރުލްއާސާރުން ދެމުން އައި ޚިދުމަތްތައް މެދުކަނޑައިލާން އޭރު ނިންމީ ދެ ހަފްތާގެ މުއްދަތަކަށެވެ.

މިކަމާ ގުޅިގެން ކޮވިޑާ ގުޅިގެން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މިއަދު ކުރި އިއުލާނެއްގައި ވަނީ، ޤައުމީ ދާރުލްއާސާރާއި ހއ. އުތީމު ގަނޑުވަރު އާއްމުންނަށް ހުޅުވައިލާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ކަމަށެވެ.

އެގޮތުން އެ އިއުލާނުގައި ބުނެފައި ވަނީ ދާރުލްއާސާރު ހުޅުވިފައި ހުންނާނީ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 10:00އިން ހަވީރު 4:00އަށް ކަމަށެވެ. އަދި އެ ތަނަށް ވަނުމަށް ޓިކެޓް ވިއްކުމަށް ހަމަޖެހިފައި ވަނީ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 10:15އިން މެންދުރުފަހު 3:30އަށް ކަމަށް ވެސް އެ މަރުކަޒުން ބުންޏެވެ.

އުތީމު ގަނޑުވަރު ހުޅުވިފައި ހުންނާނީ ހުކުރު ދުވަހާއި ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00އިން މެންދުރު 2:00އަށެވެ. އެތަނަށް ވަނުމަށް ޓިކެޓް ވިއްކާނީ ހެނދުނު 8:15އިން މެންދުރު 1:30އަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!