Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރައީސްކަމުގެ ޒިންމާތަކުން ރައީސް ޞާލިޙް ވަގުތީ ގޮތުން އެކަހެރިވެވަޑައިގެންފި

ރައީސްކަމުގެ ޒިންމާތަކުން ރައީސް ޞާލިޙް ވަގުތީ ގޮތުން އެކަހެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޒިންމާތަކުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަގުތީ ގޮތުން އެކަހެރިވެ ވަޑައިގެންފިއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ޞާލިޙް ވިދާޅުވީ، ރައީސް ކަމުގެ ޒިންމާތަކުން އެކަހެރިވާން ނިންމާފައިވަނީ، މާދަމާ ހެނދުނު ތައިރޮއިޑް އޮޕަރޭޝަން ކުރެއްވުމަށް ހަމަޖެހިފައި އޮތުމުން ކަމަށެވެ. މި ވަގުތު ރައީސް ޞާލިޙް ހުންނެވީ ބޭސްފަރުވާއަށް ސިންގަޕޫރުގައެވެ.

ރައީސް ކަމުގެ ޒިންމާތައް ހަވާލު ކުރައްވާފައިވަނީ ނައިބު ރައީސް، ފައިސަލް ނަސީމާއެވެ.

Advertisement
Ooredoo — Truecaller (box)

ރައީސް ޞާލިޙް ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވީ، އަލުން އަނބުރާ މަސައްކަތަށް ވަރަށް އަވަހަށް އާދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"ދެން"ގެ ޓީމުގެ ފަރާތުން ރައީސް ޞާލިޙް ހެޔޮ ސިއްޙަތެއްގައި ލެހެއްޓެވުން އެދި ދުޢާ ކުރަމެވެ.!

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް