Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ޝިފާގެ ރައްދު ފައްޔާޒަށް: ތިމާމެން މަގާމުތަކަށް އައީ ޕާޓީގެ މަަސައްކަތުން

ޝިފާގެ ރައްދު ފައްޔާޒަށް: ތިމާމެން މަގާމުތަކަށް އައީ ޕާޓީގެ މަަސައްކަތުން

އެމްޑީޕީ ނުހިނގާކަމަށް ދެއްކުމަކީ ހެއްވާކަމެއް ކަމަށާއި ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒަށް ވެސް މަގާމުތަކަށް އާދެވުނީ އެމްޑީޕީގެ މަސައްކަތުން ކަމަށް މާލޭ ދާއިރާގެ ރައީސް ޝިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޝިފާ މިފަދައިން ވިދާޅުވީ މިނިސްޓަރ ފައްޔާޒުގެ ކެމްޕެއިން، "ހިންގާލަން"، ލޯންޗު ކުރުމަށް ރޭ ށ. މިލަންދޫގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. ފައްޔާޒު ވިދާޅުވީ ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީގެ އޮޑީގެ ސްޕީޑް ދަށްވެފައިވާ ކަމަށާއި، ޗެއާޕާސަންގެ މަގާމާ އެކު ބޭނުން ވަނީ ސްޕީޑް ރަނގަޅުކޮށް، ހުރިހައި ކަމެއް ބަދަލުކޮށްލަން ކަމަށެވެ.

ފައްޔާޒުގެ ވާހަކަތަކަށް ރައްދު ދެއްވައި ޝިފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ ނުހިނގާކަމަށް ދެއްކުމަކީ ހެއްވާކަމެއް ކަމަށެވެ. އަދި "ތިމަންނާމެންނަށް މަގާމުތަކަށް އާދެވުނީ" ވެސް އެމްޑީޕީގެ މަސައްކަތުން ކަމަށް ޝިފާ ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

https://twitter.com/sifamohammed/status/1497530569323782149?s=21

ޗެއަރޕާސަންގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހު 16ވަނަ ދުވަހުއެވެ. އިންތިޚާބުގައި މިނިސްޓަރ ފައްޔާޒާ ވާދަކުރައްވަނީ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް