ބޮލީވުޑް މުނިފޫހިފިލުވުން

ރިތިކްގެ އާ ލޯބިވެރިޔާގެ ނަމަކީ ސަބާ؟

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރިތިކްއާއި ސަބާ މީގެ ކުރިންވެސް އެތައް ފަހަރަކު އެކީގައި ފެނިފައިވޭ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކު ރޯޝަން ކައިވެނީގެ ގުޅުން ނިމުމަކަށް ގެނައުމަށް ފަހު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ސަބާ އާޒާދާ އެކުކަމަށް އަޑު ފެތުރިއްޖެއެވެ.

Ads by Sosun Fihaara

ނިމިދިޔަ ހަފްތާގެ ތެރޭގައި ބައެއް މީޑިއާތަކުން ވަނީ ރިތިކާއި ސަބާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ރިޕޯޓުކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން މި ދެ ފަންނާނުން އެކީގައި ވަރަށް އާންމުކޮށް ފަހަކަށް އައިސް ފެނެއެވެ.

ސަބާއަކީ ލަވަކިޔުންތެރިއެކެވެ. މީގެ އިތުރުން ބައެއް ފިލްމުތަކުން ވެސް އޭނާ ފެނިގެން ދިޔައެވެ. "މުޖްސޭ ފްރޭންޑްޝިޕް ކަރޯގޭ" އަދި "ދިލް ކަބާޑީ" ފަދަ ކުޑަ ބަޖެޓު ފިލްމުތަކުން ސަބާ ފެނިގެން ދިޔައެވެ.

"މޭޑް ބޯއީ މިންކް" ނަމަކަށް ކިޔާ ބޭންޑެއްގައި އިމާދު ޝާހްއާ އެކު މިހާރު ވެސް މިޔުޒިކް އުފެއްދުންތައް އާންމުކުރާ ސަބާގެ އުމުރަކީ 31 އަހަރެވެ.

ރިތިކާއި ސަބާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑު ފެތުރިފައި ވަނިކޮށް ތިރިކް ވަނީ ސަބާއާއި އިމާދުގެ ބޭންޑަށް ސަޕޯޓުކޮށް ފޮޓޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައެވެ. މިފޮޓޯ ސަބާ ރީޕޯސްޓުކޮށް ރިތިކަށް ޝުކުރު ވެސް އަދާކުރިއެވެ.

ރިތިކްއާއި އޭނާގެ ކުރީގެ އަންހެނުން ސުޒާން ހާންއާ ދެމެދު ގުޅުން މިހާރު ވެސް ވަރަށް ރަނގަޅެވެ. ސުޒާން ވެސް ވަނީ ސަބާއަށް މީގެ ކުރިން ތައުރީފުކޮށް ވާހަކަ ދައްކައިފައެވެ. އަދި އޭނާގެ ބޭންޑަށް ސަޕޯޓުކޮށް ސޯޝަލް މީޑިއާގައި ވެސް ޕޯސްޓުކޮށްފައެވެ.

ރިތިކާއި ސުޒާންގެ ދެކުދިން ތިބެއެވެ. އެއީ ރިދާން ރޯޝަންއާއި ރޭހާން ރޯޝަންއެވެ. ރިތިކާއި ސުޒާން ކައިވެނި ރޫޅައިލީ 14 އަހަރު އެއްކޮށް އުޅުމަށް ފަހު 2014ވަނަ އަހަރުއެވެ. ރިތިކްގެ އުމުރަކީ 48 އަހަރެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!