Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ގޯސްކަމެއް ނުހިނގާނެ ވަރަށް، ސްޓެލްކޯގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަ ކުރެވިފައި: މުޣުނީ

ގޯސްކަމެއް ނުހިނގާނެ ވަރަށް، ސްޓެލްކޯގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަ ކުރެވިފައި: މުޣުނީ

ސްޓެލްކޯގައި ގޯސްކަމެއް ނުހިނގާނެ ވަރަށް، ތަނުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރެވިފައިވާ ކަމަށް އެކުންފުނީގެ އެމްޑީ ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

މުޣުނީ މިހެން ވިދާޅުވެފައި ވަނީ، "ޕަވަރ ހައުސް މެނޭޖަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2022 " އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މުޣުނީ ވިދާޅުވީ ސްޓެލްކޯއަކީ މުޅި ގައުމީ މަސްލަހަތާ ގުޅުން އޮންނަ ކުންފުންޏަކަށްވާ އިރު، މީގެ ކުރިން އެ ކުންފުނީގެ ސަލާމަތީ ކަންކަން ވަރަށް ދަށް ކަމަށެވެ. އެގޮތުން ކުރިން ކުންފުނީގެ ސަލާމަތީ ކަންކަން ހުރި ގޮތުން، ކޮންމެ އިރަކު، ކޮންމެ މީހަކަށް ވެސް ވަދެ ނުކުމެގެން ދެވެން އޮތްކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

މިކަން ހައްލު ކުރުމަށް ޓަކައި، ސެކިއުރިޓީ ބެލެހެއްޓުމަށް ހާއްސަ ޔުނިޓެއް ހަދައި، އެކަމަށް ތަމްރީނު ވެފައި ތިބި މީހުން ބޭނުންކޮށްގެން ސެކިއުރިޓީ ވަރުގަދަ ކުރެވުނުކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

"ކުންފުނީގެ އެތެރޭގައި ޕާކު ކުރެވޭ ވެހިކަލްތަކާއި، އަދި ވަންނަ ވެހިކަލްތަކަކީ ޗެކު ކުރެވިގެން ވަންނަ ވެހިކަލްތަކަކަށް ހެދިން." މުޣުނީ ވިދާޅުވިއެވެ.

މުޣުނީ ވިދާޅުވީ ގައުމުގައި ގޯސް ކަންކަން އާންމުވަމުން އަންނައިރު، ސްޓެލްކޯ ފަދަ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ތަނަކަށް ބަޔަކު ހަމަލާއެއް ދިނުމަކީ ވެދާނެ ކަމެއް ކަމުގައި ވިސްނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް މަޖުބޫރުވީ، ސެކިއުރިޓީގެ ކަންކަން ވަރުގަދަ ކުރަން. އަޅުގަނޑުމެންގެ މުވައްޒަފުންނަށް ކުޑަ ތަންކޮޅެއް ދަތިކަން އައި، ހުރިހައި ވަގުތެއްގައި ކާޑު އަޅައިގެން އުޅެން ޖެހުމުން، އޮފީހަށް ވަންނައިރު، ސެކިއުރިޓީ ޗެކް ޕޯސްޓެއްގެ ތެރެއިން ދާން ޖެހުމުން." އޭނާ އިތުރަށް ވިދާޅުވިއެވެ.

ސްޓެލްކޯގެ އެމްޑީ އިތުރަށް ވިދާޅުވީ، ސްޓެލްކޯއަކީ ނޫސްވެރިންނާ ވެސް ގާތް ގުޅުމެއް އޮންނަ ކުންފުންޏަކަށް މިހާރު ހަދައިފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް