Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ފޭކް ވެކްސިން ކާޑް ވިއްކާ މައްސަލަ ފުލުހުން ބަލަން ފަށައިފި

އެޗްޕީއޭގެ ތެރެއިން ފޭކް ވެކްސިން ކާޑު ވިއްކާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފޭކް ވެކްސިން ކާޑެއް ހަަދައިދެނީ 3،000 ރުފިޔާއަށެވެ. މި މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވި ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 50އަށް ވުރެ ގިނަ ފޭކް ވެކްސިން ކާޑް ވަނީ ހަދައިފައެވެ. އަދި މި މައްސަލައިގައި ތަޙްޤީޤް ކުރަމުން އަންނަނީ އެޗްޕީއޭގެ އިސްފަރާތެކެވެ.

Advertisement
HDC — Sidebar (box)

ރާއްޖޭގައި ވެކްސިން ފުރިހަމަ ކުރި ކަމަށް ބަލަނީ ވެކްސިންގެ ތިން ޑޯޒް ޖެހުމުންނެވެ. ރާއްޖޭގައި ތިންވަނަ ޑޯޒް މިހާރު ޖަހަމުން އަންނައިރު، ވެކްސިން ނުޖަހާ ފަރާތްތަކަށް ބަައެއް ފިޔަވަޅުތައް ވަނީ އަޅައިފައެވެ. މިގޮތުން ރަށްރަށް ދަތުރު ކުރާއިރު ވެކްސިން ފުރިހަމަ ކުރާނަމަ ޕީސީއާރު ޓެސްޓް ހެދުން އަދިވެސް އެ ފަދަ ފަރާތްތަކަށް މަޖުބޫރެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް