ޚަބަރު ސަރުކާރު

އިސްލާމިކް މިނިސްޓްރީގެ އައު ސްޓޭޓް މިނިސްޓަރަށް، ޢިލްމުވެރިންގެ ގުޅުމުގެ ވަޞިއްޔަތެއް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރެއްވި އައްޝެއިޚު މުޙައްމަދު އަނީލް

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި އައްޝައިޚު މުޙައްމަދު އަނީލްއަށް، ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ވަޞިއްޔަތެއް ކޮށްފިއެވެ.

Ads by Sosun Fihaara

އަނީލް ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން، އައު ސްޓޭޓް މިނިސްޓަރަށް ކުރި ވަޞިއްޔަތުގައި ވަނީ އިސްލާމްދީނާ ދެކޮޅަށް ހިންގޭ ލާދީނީ ޢުދުވާންތަކާއި، ހަމަލާތައް ހުއްޓުވުމާއި، އެފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަސްޖެހިވަޑައިނުގަތުމަށެވެ.

"ހަވާލު ކުރެވިފައިވާ މަސްއޫލިއްޔަތާއި، ރައްޔިތުންނާ މެދު މާތްﷲއަށް ބިރުވެތިވެ ތަޤުވާވެރިވުމަށް ވަޞިއްޔަތް ކުރަމެވެ. އަދި މަޤާމާއި މަންޞަބަކީ މި ދުނިޔެމަތީގެ ކުޑަކުޑަ ވަގުތުކޮޅެއް ކަމުގައި ހަނދުމަކޮށްދެމެވެ. އަޅަމެން އެންމެންނީ، އިސްލާމް ދީނާއި، އިސްލާމް ދީނުގެ ހެވާ ލާބަޔަށް މަސައްކަތް ކުރާ ބަޔަކު ކަމުގައި ލައްވާށިއެވެ." ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން، ސްޓޭޓް މިނިސްޓަރު އަނީލްއަށް ކުރި ވަޞިއްޔަތުގައިވެއެވެ.

އަލްއުސްތާޛު މުޙައްމަދު އަނީލު ވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއިން 2012ވަނަ އަހަރު، އިސްލާމިކް ޝަރީއާއިން ބެޗެލަރސް ޑިގްރީގެ ސަނަދު ހާސިލުކުރައްވައިފައެވެ. އަދި މިހާރު އޭނާ ގެންދަވަނީ ރާއްޖޭގެ ޤައުމީ ޔުނިވާސިޓީއިން މާސްޓަރސް އޮފް އިސްލާމިކް ސްޓަޑީޒްގެ ތަޢުލީމު ވެސް ހާސިލު ކުރައްވަމުންނެވެ.

މި މަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން އަލްއުސްތާޛު މުޙައްމަދު އަނީލު ވަނީ 2017ވަނަ އަހަރުން ފެށިގެން ސ. ހިތަދޫ އިސް އިމާމުގެ މަޤާމު ވެސް އަދާކުރައްވައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!