Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މުޣުނީއަށް ސްޓޭޓް މިނިސްޓަރުކަން ދީފި

މުޣުނީއަށް ސްޓޭޓް މިނިސްޓަރުކަން ދީފި

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުން ދުރުކުރި، ހަސަން މުޣުނީއަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވައިފިއެވެ.

މިއަދު ރައީސް އޮފީހުން ވިދާޅުވީ، ހ.ސަންދަލީގެ، ޙަސަން މުޣުނީ މިއަދު ޢައްޔަން ކުރައްވައިފައިވާ ކަމަށެވެ.

ސްޓެލްކޯގެ އެމްޑީގެ މަޤާމުން މުޣްނީ ދުރުކޮށް އެމްޑީއަކަށް ހަމަޖައްސަވައިފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފެވެ. ސްޓެލްކޯގެ އެމްޑީގެ މަޤާމުގައި މުޣުނީ ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ.

Advertisement
Ooredoo — Truecaller (box)

ހަސަން މުޣްނީ ވަނީ މެލޭޝިއާގެ ހެލްޕް ޔުނިވަރސިޓީން ބެޗެލަރ އޮފް ސައިންސް ހާސިލްކުރައްވައި އެމެރިކާގެ ބްރޭންޑައިސް އިންޓަރނޭޝަނަލް ބިޒްނަސް ސްކޫލުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް