Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އިންޖީނުގެތަކުގެ މެނޭޖަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް ނިންމައިލައިފި

އިންޖީނުގެތަކުގެ މެނޭޖަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް ނިންމައިލައިފި

ސްޓެލްކޯގެ ދަށުން ހިންގާ އިންޖީނުގެތަކުގެ މެނޭޖަރުންނަށް ހާއްސަކޮށްގެން ބޭއްވި "ޕަވަރ ހައުސް މެނޭޖާރސް ޑިވޮލޮޕްމަންޓް ޕްރޮގްރާމް 2022" ނިންމައި އެ ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

ޓްރެއިނިންގ ނިންމައިލުމުގެ ގޮތުން ސްޓެލްކޯ ޓެރަހުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ސެޓްފިކެޓްތައް ހަވާލުކޮށްދެއްވީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރެވެ.

https://twitter.com/STELCOMALDIVES/status/1498930355168223232?s=20&t=SbJnQE9EoV-HjqAYl48sZw

Advertisement
Ooredoo — Truecaller (box)

ސްޓެލްކޯއިން ވިދާޅުވީ، މި ޕްރޮގްރާމްގެ ސަބަބުން އެ ކުންފުނީގެ އިންޖީނުގެތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު އިތުރު ހަރުފަތަކަށް ގެންދެވިގެންދާނެ ކަމަށެވެ.

މި ޕްރޮގްރާމަކީ ސްޓެލްކޯއިން ހިދުމަތްދޭ 30 ރަށެއްގެ މެނޭޖަރުންނަށް އަމާޒުކޮށްގެން ހަތަރު ދުވަހުގެ މުއްދަތަކަށް ބޭއްވުނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި މެނޭޖަރުންގެ ލީޑަރޝިޕް ސްކިލްސްތަކާއި، މުވައްޒަފުން ބިނާކޮށް، މުވައްޒަފުންގެ ފަރާތުން އެންމެ ރަނގަޅު ހިދުމަތް ކުންފުންޏަށާއި، ރައްޔިތުންނަށް ލިބިގެންދާނެ ގޮތްތައް ވަނީ ދަސްކޮށްދެވިފައި ކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން ކުންފުނީގެ އެކިއެކި ދާއިރާތަކުގެ މަސައްކަތްތަކަށް އަހުލުވެރިވުމަށް ފުރުސަތު ލިބި، ހުރިހައި އިންޖީނުގެއެއްގެ މަސައްކަތްވެސް އެއް މިންގަނޑަކުން ކުރުމަށް ބާރު އެޅިގެން ދިޔަ ކަމަށް ވެސް ސްޓެލްކޯއިން ވިދާޅުވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް