އެޑްވަޓޯރިއަލް ވިޔަފާރި

ސެމްސަންގް އެސް22 އަލްޓްރާގެ ޕްރީ އޯޑަރަށް އުރީދޫ މޫލީގައި ހުޅުވައިލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސެމްސަންގުގެ އެންމެ ފަހުގެ ގެލެކްސީ އެސް 22 އަލްޓްރާ ފޯނު ބައްލަވައިގަތުން ފަސޭހަކޮށްދޭ ޚާއްޞަ އޮފަރއާ އެކު އުރީދޫއިން ޕްރީއޯޑަރ ކުރުމަށް ހުޅުވައިލައިފިއެވެ.

Ads by MWSC

5ޖީ ގެ ހަަލުވި ސްޕީޑްތައް ތަަޖުރިބާ ކޮށްލެވޭ ގެލެކްސީ އެސް 22 އަލްޓްރާ ފަަރުމާކުރެވިފައި ވަނީ ސެމްސަންގްގެ އެންމެ ކުރިއަރާފައިވާ، ކެމެރާ ސިސްޓަމާ އެކު، ދުވާލު ނުވަތަ ރޭގަނޑުގެ ވަގުތުތަކުގައި ވެސް އެންމެ ފުރިހަމަ ފޮޓޯ އަދި ވީޑިއޯ ކުރެވޭ ގޮތަށެވެ. ރީތި ކުލަތަކާއި، ކެމެރާާ ލެންސް ރިންގާއި، ޒީނަތްތެރި ފްރޭމް އަދި ސްލިމް ޑިޒައިންއިން ފޯނަށް ގެލެކްސީ އެސް 22 އަަލްޓްރާާއަށް ވަނީ އިތުރު ފުރިހަމަަ ކަަމެއް ގެނުވައިފައެވެ.

ޕްރީއޯޑަރަށް ބައްލަވައިގަންނަވާ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 22 އަލްޓްރާ ފޯނަކާ އެކު، ކޮންމެ މަހަކު 10 ޖީބީ ހިލޭ ޑޭޓާ، 6 މަސް ދުވަހަށް ލިބިވަޑައިގަންނަވާނެކަމަށް އުރީދޫއިން ބުނެފައިވެއެވެ. އެގޮތުން މި ޑޭޓާ ލިބިވަަޑައިގަންްނަވާނީ ފޯނަށް އެންމެ ފުރަަތަމަަ ލެއްވޭ އުރީދޫ ސިމަށެވެ. ބޯނަސް ޑޭޓާގެ އިތުރުން ޕްރީ އޯޑަރ ކަސްޓަމަަރުންނަށް ގެލެކްްސީ ބަޑްސް 2 ވެސް ލިބިވަޑައިގަންނަވާނެއެވެ.

ޕްރީއޯރޑަރަށް މިއަދު ހުޅުވާލެވުނު ސެމްސަންގް ގެލެކްސީ އެސް 22 އަލްޓްރާ އުރީދޫގެ އީ ކޮމަރސް ޕްލެޓްފޯރމް މޫލީ މެދުވެރިކޮށް 2 މާާރިޗް 2022އިން 18 މާރިޗް 2022އާ ދެމެދު ޕްރީއޯރޑަރ ކުރެވޭނެއެވެ. އަަަަދި ޕްރީއޯރޑަރ ކުރަައްވާާ ފަަރާާތްތަަކަށް ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް މުޅިން ހިލޭ ގެންގޮސްދޭނެއެވެ.

މޫލީ މެދުވެރިކޮށް ޕްރީއޯޑަރ ކުރުމަށް http:// ore.do/s22އަށް ޒިޔާރަތް ކުރަށްވާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!