ޚަބަރު ސިޔާސީ

ވަޒީރުކަން ކުރައްވަމުން، ޕާޓީ ހިންގަވަން ފައްޔާޒަށް ދަތިވާނެ: ދޮންބިލެތް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް--

ވަޒީރެއްގެ ޒިންމާތައް ނަންގަވަމުން، ޕާޓީ ހިންގެވުމަކީ، އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ފައްޔާޒު އިސްމާއީލަށް ދަތި ކަމަކަށް ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.

Ads by MWSC

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އެމްޑީޕީގެ ޗެެއާޕާސަންގެ މަގާމަށް އެންމެ ރަނގަޅީ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ(އިންތި) ކަމަށާއި، ރައްޔިތުންގެ މަޖިލީހަށް ނުކުންނެވުމަށް ފަހު، ބާކީ ހުރިހައި ވަގުތެއް، އިންތިއަށް ޕާޓީ އޮފީހުގައި ހޭދަ ކުރެއްވޭނެ ކަމަށެވެ.

"ސަރުކާރުގެ ވަރަށް ބުރަ މަސައްކަތްތަކެއް އެބަހުރި ކުރިއަށް ވެސް، އެ ކަންކަމާ އެކީގައި، އަޅުގަނޑަށް ހީވަނީ ސަރުކާރުގެ ވަޒީރުކަން ކުރައްވަމުން، ޕާޓީ ހިންގެވުމަށް ވުރެ، މަޖިލިސްގައި އިންނަވައިފައި ލިބޭ ދުވަސްތަކުގައި، ހާއްސަކޮށް، މަޖިލީހުން ކުރާ މަސައްކަތްތައް ޕާޓީން ވެސް ކުރަން ޖެހޭނެ، އެހެންވީމަ ޕާޓީ ހިންގެވުމުގައި، މާބޮޑަށް (އިންތި)އަށް ވަގުތު ދެވޭނޭ." އޭނާ ވިދާޅުވިއެވެ.

ދޮންބިލެތް އިތުރަށް ވިދާޅުވީ ހިންގުމުގެ ގާބިލުކަމަށް ބަލާއިރު، އިންތިއާއި ފައްޔާޒާ ދެބޭފުޅުން ވެސް ވަރަށް ގާބިލު ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް މުހައްމަދު ނަޝީދަކީ ވެސް އަަލަށް ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ބޭފުޅެއް ކަމަށާއި، އެހެން ނަަމަވެސް އެ މަނިކުފާނުގެ ވެރިކަމުގެ ތިން އަހަރުގައި ރާއްޖެއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދެއްވި ކަމަށެވެ.

  1. ހޫން

    މަޖިލިސްމެންބަރުންނައްް މެންބަރުކަންފިޔަވާާ އިތުރުކަމެއްކުރާކައްް ނޭދެންް އެއުޅެނީީ ރައްޔިތުންނައްފައިދާހުރިި ބިލެއްވެސްް ނުހެދިގެންް މުޅިންވެސްް ސިޔާސީީ ކަންކަމުގަަ ހުރިހާަ ވަގުތެއްއެހޭދަކުރަނީީ