Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ބުރާސްފަތި ދުވަހުން ފެށިގެން، މާލެ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތްދޭ އަގު ބޮޑު ކުރަނީ

ބުރާސްފަތި ދުވަހުން ފެށިގެން، މާލެ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތްދޭ އަގު ބޮޑު ކުރަނީ
މާލެ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތްދޭ އަގު ބޮޑު ކުރުމަށް ޓެކްސީ ސެންޓަރުތަކުން ނިންމައިފިއެވެ. މި ނިންމުން ނިންމައިފައި ވަނީ، މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދެމުން އަންނަ ސެންޓަރުތަކުގެ އިސްވެރިން ބޭއްވި ދެ ވަނަ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި 14 ސެންޓަރަކުން ބައިވެރިވިއެވެ. ރޭ ބޭއްވި ބައްދަލުވުމުގެ ބައިވެރިންގެ އިއްތިފާގުން، ޓެކްސީގެ ހިދުމަތުގެ އަގު ބޮޑު ކުރަން ނިންމީ ތެލުގެ އަގަށް އައި ބަދަލާ ގުޅިގެންނެވެ. މި ގޮތުން، މިކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީން ނިންމާ ނިންމުމަކަށް ބެލުމެއް ނެތި، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ޓެކްސީގެ ޚިދުމަތުގެ އަގަށް ބަދަލު ގެނައުމަށް ސެންޓަރުތަކުން ވަނީ ނިންމައިފައެވެ. ޓެކްސީ ޚިދުމަތަށް ގެންނަ ބަދަލު:
  • މާލެ ސިޓީގެ އެތެރޭގެ ދަތުރެއް، 30 ރުފިޔާއަށް
  • ހުޅުމާލެ ފޭސް1 އަދި 2ގެ އެތެރޭގެ ދަތުރެއް، 25 ރުފިޔާއަށް
  • މާލެއިން ހުޅުމާލެއަށް، އަދި ހުޅުމާލެއިން މާލެއަށް ކުރާ ދަތުރެއް، 100 ރުފިޔާއަށް
  • މާލެ، ހުޅުމާލެއިން އެއާޕޯޓަށް، އަދި އެއާޕޯޓުން މާލެ، ހުޅުމާލެއަށް 80 ރުފިޔާއަށް
  • ހުޅުމާލެ ފޭސް2އިން މާލެއަށް، އަދި މާލެއިން ފޭސް2އަށް 120 ރުފިޔާއަށް
  • މާލެ، އަދި ހުޅުމާލެއިން ސީޕްލޭން ޓާމިނަލްއަށް، 100 ރުފިޔާއަށް
  • ހުޅުމާލެ ފޭސް2 އިން ސީޕްލޭން ޓާމިނަލްއަށް، 120 ރުފިޔާއަށް
  • ހުޅުމާލެ ފޭސް 1 އިން ފޭސް 2އަށް 40 ރުފިޔާއަށް
މީގެ އިތުރުން ރޭގަނޑު 12:00އިން ހެނދުނު 06:00 ކުރާ ދަތުރުތަކަށް އިތުރު ފީއެއްގެ ގޮތުގައި ފަސް ރުފިޔާ ނެގުމަށް ނިންމައިފައިވާ އިރު، ހަޔާކޮށްގެން ކުރާ ދަތުރުތަކަށް ގަޑިއިރަކަށް 250 ރުފިޔާ ނެގުމަށް ވެސް ވަނީ ނިންމައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް