Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ސިޓީ ކައުންސިލުގެ އުއްމީދަކީ އަންހެނުންނަށް ހާއްސަ މާރުކޭޓެއް ގާއިމު ކުރުން

ސިޓީ ކައުންސިލުގެ އުއްމީދަކީ އަންހެނުންނަށް ހާއްސަ މާރުކޭޓެއް ގާއިމު ކުރުން

"ކަނބަލުންގެ އުފެއްދުންތެރިކަމާއި، ތަރުކާރީ މާރުކޭޓް" ގާއިމު ކުރުމަކީ މާލެ ސިޓީ ކައުންސިލުގެ އުއްމީދެއް ކަމަށް މާލޭ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މިހެން ވިދާޅުވެފައި ވަނީ މިއަދު ފާހަގަ ކުރަމުން އަންނަ އަންހެނުންގެ ދުވަހާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

މުއިއްޒުގެ ޓްވީޓުގައި ވަނީ ކަނބަލުން އިގްތިސާދީ ގޮތުން ބާރުވެރިވުމަށް ފުރުސަތު ލިބިގެން ދިނުމަކީ އެ ކަނބަލުންގެ އިންސާނީ ހައްގެއް ކަމަށް ވިދާޅުވެފައެވެ. އަދި ކަނބަލުންގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް ޓަކައި ތަރުކާރީ މާރުކޭޓް ގާއިމު ކުރުމަކީ އުއްމީދެއް ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

މިއަހަރުގެ އަންހެނުންގެ ދުވަހާ ގުޅުވައިގެން ހިންގާ ހުރިހާ ހަރަކާތެއްގައި ވެސް ހޭޝްޓެގްގެ ގޮތުގައި "ޖެނެރޭޝަން އީކްއަލިޓީ" ނުވަތަ ހަމަހަމަ ޖީލު، ބޭނުން ކުރުމަށް ރަސްމީކޮށް ވަނީ ނިންމައިފައެވެ.

އަދި މިގޮތަށް މި ހޭޝްޓެގް ބޭނުންކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ވަނީ އިލްތިމާސް ވެސް ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް