ދީން

ދުނިޔެއާއި އާޚިރަތުގައި ބޭނުންވާ ހުރިހައި ކަމެއް ހިމެނޭ ކުރު ދުޢާއެއް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކީރިތި ރަސޫލާގެ ބޮޑުބޭބޭފުޅު ޢައްބާސް ރަޟިޔަﷲ ޢަންހު ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ދެންނެވިއެވެ.

Ads by MWSC

އޭ! މާތްﷲގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއެވެ. ތިމަން ކަލޭގެފާނަށް ދުޢާއެއް އުނގަންނަވައި ދެއްވާށެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "ބޮޑުބޭބޭފުޅާއެވެ! ވިދާޅުވާށެވެ.

اللَّهُمَّ إِنِّي أَسْأَلُكَ الْعَافِيَة "

މާނައީ: ޔާﷲ!އިނބަ އިލާހުގެ ކިބައިން ޢާފިޔަތަށް އެދެމެވެ.

މި ދުޢާއަކީ އެ ދުޢާއެއްގައި އެތައްއެތައް ކަމެއް ހިމެނިފައިވާ ދުޢާއެކެވެ. ދުނިޔޭގައި އިންސާނާ އެދޭ ހުރިހައި ކަމެއް އެ ދުޢާއެއްގައި ހިމެނިފައިވާ ދުޢާއެކެވެ. ދުޢާއާ މެދު ވިސްނައިލައްވާށެވެ. ޢާފިޔަތަކީ އެތައް ކަމެއް ހިމެނޭ ކަމެކެވެ. އޭގެ ތެރޭގައި:

1- ދަތި އުނދަގޫ ކަންކަމުން ރައްކާތެރިވުން

2- ދުޅަހެޔޮ ޞިއްޙަތެއްގައި ލެއްވުން

3- ރިޒުޤު ތަނަވަސްވެގެންވުން

4- ހެޔޮ ޙާލުގައި ދިރިހުރުން

5- އެންމެހައި ނުބައި ކަންކަމުން ދަރީން ރައްކާތެރިވެގެންވުން

6- ﷲ ތަޢާލާގެ ރުއްސެވުމާއި ފުއްސެވުން ލިބިގެންވުން

ޚުލާޞާކޮށް ދަންނަވާ ނަމަ ، މިއީ ކުރު ނަމަވެސް ދުނިޔެއާއި އާޚިރަތުގައި ތިމާއަށް ބޭނުންވާ ހުރިހާ ކަމެއް އެކުލެވޭ ދުޢާއެކެވެ. އެހެނީ ޢާފިޔަތަކީ ދުނިޔެއާއި އާޚިރަތުގައި އުފުލާން ޖެހިދާނެ އެންމެހައި ދައްޗާއި ވޭނުން ރައްކާތެރިވެގެން ވުމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!