ޚަބަރު ސިޔާސީ

އިންތިޚާބު ލަސްކުރަން ހިފުމަކީ އިންތިޚާބުން ބަލިވުން: އިންތި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންތިޚާބެއް ލަސްކުރަން ހިފުމަކީ، އިންތިޚާބުން ބަލިވުން ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

Ads by STELCO

އިންތި މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއަަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބު ފަސް ކުރަން އެ ޕާޓީގެ ޤައުމީ މަޖިލީހުން މިރޭ ނިންމުމާ ގުޅިގެންނެވެ. އިންތިއާ އެކު ދެން މި އިންތިޚާބުގައި ވާދަ ކުރަނީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެއެވެ.

ކުރިން މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް 16ވަނަ ދުވަހުއެވެ. އިންތިޚާބު ފަސްކުރަން ހުށަހެޅުއްވީ ފައްޔާޒްގެ ކެމްޕެއިނު ޓީމުގެ ފަރާތުން، ކެމްޕެއިން މެނޭޖަރު އިބްރާހިމް ވަހީދު (އިބްރޭ)އެވެ. އެ ހުށައެޅުމަށް ތާއީދު ކުރެއްވީ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒެވެ.

މިރޭގެ ގައުމީ މަޖިލީހުގެ ޖަލްސާގައި 115 މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ ތެރެއިން އިންތިހާބު ފަސްކުރަން ފެންނަ ކަމަށް 100 މެންބަރުން ވޯޓް ދެއްވިއެވެ. ވޯޓް ނުދެއްވާ ތިއްބެވީ 15 މެންބަރުންނެވެ.

އިންތިހާބު ބޭއްވުން ފަސް ކުރުމަށް އެދިލެއްވި ސަބަބެއްގެ ގޮތުގައި ދެއްކެވީ ރޯދަ މަހު އިންތިހާބު ބޭއްވުމަކީ އެ ކަމުން މެންބަރުންނަށް ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށާއި ވޯޓް ލާ މީހުންގެ އަދަދު މަދުވެދާނެ ކަމެއް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!