Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޤައުމީ އިނާމާ ބެހޭ ކޮމިޓީއަށް ބޭފުޅުން އައްޔަން ކުރައްވައިފި

ޤައުމީ އިނާމާ ބެހޭ ކޮމިޓީއަށް ބޭފުޅުން އައްޔަން ކުރައްވައިފި

ޤައުމީ އިނާ މާބެހޭ ކޮމިޓީގެ މުއްދަތު ހަމަވުމާ ގުޅިގެން އެ ކޮމިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަލުން އެކުލަވައިލައްވައިފިއެވެ.

ޤައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއަރޕަރސަނަކަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، ކުރިން ވެސް އެ މަގާމުގައި ހުންނެވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދެވެ. އެ ކޮމިޓީއަށް އަލަށް ޢައްޔަނު ކުރެއްވި ބޭފުޅުންނަކީ، މައްޗަންގޮޅީ މާފުނަ މުޙައްމަދު އިސްމާޢީލްފުޅާއި، މައްޗަންގޮޅީ ކަޝްމީރުވާދީ އިބްރާހީމް ޙުސައިން މަނިކާއި، މާފަންނު ދިޖުލަތު ކޯރު ޙަފީޡާ އިބްރާހީމާއި، މާފަންނު އަލިހަނދުވަރުގޭ އަޙްމަދު ޝުޖާޢެވެ. މިބޭފުޅުންގެ އިތުރުން، އެ ކޮމިޓީގައި މިހާރު ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ނިޝާން މުލީގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އިބްރާހީމް އިސްމާޢީލް ޢަލީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ކޯޕަރޭޓް ސަރވިސް ޙުސައިން ޢާމިރާއި، މާފަންނު މާހިޔާ ރަޙީމާ އާދަމާއި، ހެންވޭރު އިރުވައި އާމިނަތު ނާޒެވެ.

ސަރުކާރުން ދެއްވަމުން ގެންދަވާ ޤައުމީ އިނާމަކީ، ދިވެހި ޤައުމާއި ދިވެހި މުޖުތަމަޢުގެ ހެވާއި ލާބައަށް ޓަކައި ވަކިވަކި ފަރުދުންނާއި، މިނިވަން މުއައްސަސާތަކުންނާއި، މަދަނީ އެކިއެކި ޖަމްޢިއްޔާ، ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދިވެހި ޤައުމުގެ ތަރައްޤީއަށް ޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެކަންކަމުގެ އަގު ވަޒަންކޮށް، ހިތްވަރުދިނުމުގެ މަޤްޞަދުގައި ކޮންމެ އަހަރަކު ދެއްވަމުން ގެންދަވާ އިނާމެކެވެ. ޤައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ ޤައުމީ އިނާމެވެ.

Advertisement
Allied Insurance — Square (box)

މީގެ އިތުރުން، ޤައުމީ އިނާމާ ބެހޭ ކޮމިޓީގެ މަސައްކަތްތަކުގެ ތެރޭގައި، ދިވެހި ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރުމުގެ އިނާމަށް ހުށަހަޅުއްވާ ބޭފުޅުންގެ ޚިދުމަތުގެ މައްޗަށް ބައްލަވައި، އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅުއްވުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް