Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މަކަރާއި ހީލަތުގެ ބޮޑު ސްކޭމަކަށް ސަމާލުވާން އެމްއެމްއޭއިން އެދިއްޖެ

މަކަރާއި ހީލަތުގެ ބޮޑު ސްކޭމަކަށް ސަމާލުވާން އެމްއެމްއޭއިން އެދިއްޖެ

މަކަރާއި ހީލަތުގެ ބޮޑު ސްކޭމެއް މާލޭގައި ހިނގަމުން ދާތީ ސަމާލުވާން މަރުކަޒީ ބޭންކުން އެދިއްޖެއެވެ.

ރާއްޖޭގައި މިފަހަކަށް އައިސް މަކަރާއި ހީލަތުން މީހުން އަތުން ފައިސާ ހޯދަމުންދާއިރު، އެނގިފައިވާ ގޮތުގައި މިފަދަ މީހުން އަންނަނީ އެކި ބަހަނާތަކުގައި މީހުން އަތުން ބޮޑެތި އަދަދުތަކަށް ފައިސާ ހޯދަމުންނެވެ.

މިކަމާ ގުޅޭގޮތުން އެމްއެމްއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށް ޓަކައި، ފޭސްބުކާއި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާގެ މަންސަތައް މެދުވެރިކޮށް ހިންގަމުންދަނީ ފޭކު ހަރަކާތްތަކެއް ކަމަށެވެ.

Advertisement
Ooredoo — Square (box)

ފައިދާ ވާނެ އެކި ކަހަލަ ސްކީމްތަކަށް ކަމަށް ބުނެ އާންމުންގެ ކިބައިން ނަގާ ފައިސާއިން އެ ފަރާތްތަކަށް އިންވެސްޓްކޮށްދިނުމުގެ ބަދަލުގައި، އެ ފައިސާ ބޭނުން ކުރަނީ އަމިއްލަ ބޭނުމަށް ކަމަށާއި، ކުރީކޮޅުގައި ބައިވެރިވާ ފަރާތްތަކަށް ފައިސާ ދެނީ އޭގެ ފަހުން ބައިވެރިވާ ފަރާތްތަކުގެ ފައިސާއިން ކަމަށް ވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.

މިފަދަ އެކިކަހަލަ ފޭކް ސްކީމްތަކުން ފައިސާ ނެގުމަށް ފަހު، އެ ސްކީމް ރޫޅުމުން އެކަމަށް ޓަކައި ފައިސާ ދިން ގިނަ ފަރާތްތަކަށް އެ ފަރާތްތަކުން ދިން ފައިސާ ވެސް ނުލިބި، ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހޭ ކަމަށާއި އަދި ސްކީމްއަށް ދޭ ފައިސާއަކީ ސްކީމް ހިންގާ ފަރާތުން އަނބުރާ ނުދީފި ނަމަ، ފައިސާ ޖަމާވާ ބޭންކަށް ވެސް އަނބުރާ ދެވޭނެ އެެއްޗެއް ނޫން ކަމަށް ވެސް ބުނެފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް