Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޖޫރިމަނާ ކުރިޔަސް ، ބޮޑު އަގުގައި ޓެކްސީގެ ޚިދުމަތް ދޭން ނިކުމެއްޖެ

ޖޫރިމަނާ ކުރިޔަސް ، ބޮޑު އަގުގައި ޓެކްސީގެ ޚިދުމަތް ދޭން ނިކުމެއްޖެ
ތެލުގެ އަގު ކައިރިކައިރީގައި އުފެލުމުން ދިޔަ ނަމަވެސް، ޓެކްސީ ކޮށްދޭ އަގުތަކަށް ބަދަލު ނާންނާތީ، ޓެކްސީ ޑްރައިވަރުން ކުރަމުން އައި ހަޅުތާލު ނިންމައިލައިފިއެވެ. އިއްޔެއިން ފެށިގެން ޓެކްސީ ޑްރައިވަރުން ގެންދަނީ ހަޅުތާލު ކުރުމުގެ ގޮތުން، ޚިދުމަތް ދިނުން ހުއްޓައިލައިފައެވެ. އަދި ޓެކްސީ ޚިދުމަތްދޭ އެޕްތައް ވެސް ވަނީ ޑައުންކޮށްފައެވެ. ހަޅުތާލުގައި އިސްކޮށް ހަރަކާތްތެރިވާ ޑްރައިވަރަކު "ދެން"އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، ހަޅުތާލު މަޑު ޖައްސައިލާ ޚިދުމަތް ދޭން ނިންމައިފައިވާ ކަމަށެވެ. ނަމަވެސް ޚިދުމަތް ދޭނީ ބޮޑު އަގުގައި ކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެން މިނިސްޓްރީއަށް ހުށަހެޅި އަގުތަކުގައި ޚިދުމަތް ދޭނީ. ފުލުހުން ޖޫރިމަނާ ކުރިޔަސް މިއީ އަޅުގަނޑުމެން އެންމެންގެ ނިންމުން" އޭނާ ބުންޏެވެ.

ޓެކްސީ ސެންޓަރުތަކުން ޚިދުމަތަށް ގެންނަން ނިންމި ބަދަލު:

  • މާލެ ސިޓީގެ އެތެރޭގެ ދަތުރެއް، 30 ރުފިޔާއަށް
  • ހުޅުމާލެ ފޭސް1 އަދި 2ގެ އެތެރޭގެ ދަތުރެއް، 25 ރުފިޔާއަށް
  • މާލެއިން ހުޅުމާލެއަށް، އަދި ހުޅުމާލެއިން މާލެއަށް ކުރާ ދަތުރެއް، 100 ރުފިޔާއަށް
  • މާލެ، ހުޅުމާލެއިން އެއާޕޯޓަށް، އަދި އެއާޕޯޓުން މާލެ، ހުޅުމާލެއަށް 80 ރުފިޔާއަށް
  • ހުޅުމާލެ ފޭސް2އިން މާލެއަށް، އަދި މާލެއިން ފޭސް2އަށް 120 ރުފިޔާއަށް
  • މާލެ، އަދި ހުޅުމާލެއިން ސީޕްލޭން ޓާމިނަލްއަށް، 100 ރުފިޔާއަށް
  • ހުޅުމާލެ ފޭސް2 އިން ސީޕްލޭން ޓާމިނަލްއަށް، 120 ރުފިޔާއަށް
  • ހުޅުމާލެ ފޭސް 1 އިން ފޭސް 2އަށް 40 ރުފިޔާއަށް

ޓެކްސީ ދަތުރުތައް ކޮށްދޭ އަގު ބޮޑުކޮށްދިނުމަށް ޓެކްސީ ޑްރައިވަރުން ވަނީ  ޓްރާންސްޕޯޓް މިނިސްޓްރީގައި އެދިފައެވެ. އަދި އަގު ބޮޑު ކުރުމަށް އިއްޔެއާ ހަމައަށް މުހުލަތެއް ވަނީ ދީފައެވެ. ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަކި ޖަވާބެއް ޓެކްސީ ދުއްވާ ފަރާތްތަކަށް ނުދެއެވެ.

https://dhen.mv/144194

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް