Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މިސްރުގެ ފުޓްބޯޅަކުޅުންތެރިއެއް ނަމާދަށް ހުއްޓައި ނިޔާވެއްޖެ

މިސްރުގެ ފުޓްބޯޅަކުޅުންތެރިއެއް ނަމާދަށް ހުއްޓައި ނިޔާވެއްޖެ

މިސްރުގެ އުމުރުން 26އަހަރުގެ ޒުވާނެއް ނަމާދަށް ހުއްޓައި ނިޔާވެއްޖެއެވެ.

ޚަބަރުތައް ބުނާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ނިޔާވި މި ކުޅުންތެރިއަކީ އެ ގައުމުގެ ދެވަނަ ޑިވިޒަންގެ ޓީމަކަށް ކުޅޭ އަޙުމަދު ފާތިޙް ނަމަކަށް ކިޔާ ކުޅުންތެރިއެކެވެ.

އޭނާގެ ބައްޕައާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފާތިޙް ނިޔާވީ ބުރާސްފަތި ދުވަހުގެ މެންދުރު ނަމާދުކުރުމަށް ތައްޔާރުވެ ވުޟޫކޮށް ، މުސައްލަ މަތީގައި ހުއްޓައި ވެއްޓިގެންނެވެ.

Advertisement
Allied — Dhen Online (box)

ފާތިޙް ކުޅޭ ޓީމްގެ މެޗެއް ބުރާސްފަތި ދުވަހަށް އޮތީ ތާވަލްކޮށްފައެވެ. ނަމަވެސް މި ހާދިސާއާ ގުޅިގެން އެ މެޗު ވަނީ ފަސްކޮށްފައެވެ. އަދި އެ ޓީމުން ވަނީ ހިތާމައިގެ 3 ދުވަސް އިއުލާންކޮށްފައެވެ. ފާތިޙްގެ އާއިލާއިން ބުނެފައިވާ ގޮތުގައި ފާތިހް ދިޔައީ މިސްރުގެ އެއްވަނަ ޑިވިޒަންގެ ކްލަބު ޕިރަމިޑަށް ބަދަލުވުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އޭނާ ދިޔައީ ކައިވެންޏަށް ތައްޔާރުވަމުން ކަމަށް ވެސް އާއިލާއިން ބުނެފައި ވެއެވެ.

މިފަދަ އެހެން ހާދިސާއެއް ވެސް މިސްރުގައި އިއްޔެ ވަނީ ހިނގައިފައެވެ. އެ ހާދިސާގައި މީހަކު ނިޔާވެފައި ވަނީ އިޝާ ނަމާދުގައި ސަޖިދައިގައި އޮއްވައެވެ. ޚަބަރުތައް ބުނާ ގޮތުގައި އޭނާ ސަޖިދައިން ނުތެދުވެ އޮތުމުން ނަމާދުކޮށް ނިންމައި ، އެންމެން އޭނާ ގާތަށް ގޮސް ބެލިއިރު ހަރަކާތެއް ނެތުމުން ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ނަމަވެސް އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން އިއުލާންކުރި ކަމަށެވެ.

އޭނާއަކީ ގަވާއިދުން މިސްކިތަށްދާ މީހެއް ކަމަށާއި އަދި އަވަށްޓެރިންނަށް އަޅައިލައި ، ކަމޭ ހިތާ ،މަތިވެރި އަޚުލާގެއްގެ މީހެއް ކަމަށް ، އޭނާ ނިސްބަތްވާ ޝުބައިރު އަވަށުގެ މީހުން ބުނެފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް