Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ސިފައިންގެ ތަމްރީނުތަކުގައި ދިމާވާ މައްސަލަތައް ބަލަނީ

ސިފައިންގެ ތަމްރީނުތަކުގައި ދިމާވާ މައްސަލަތައް ބަލަނީ

ސިފައިންގެ ތަމްރީނު ހަދަމުންދާ ކުދިންނަށް ދިމާވަމުންދާ މައްސަލަތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް އެކި އިދާރާތަކުގެ ފަންނީ ބޭފުޅުންގެ މައްޗަށް އެކުލެވޭ ޓީމެއް ނަގައިފިއެވެ.

މިކަމާ ގުޅޭގޮތުން އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ އަސްކަރީ ތަމްރީންތަކަކީ އޭގެ ޒާތުގައި ބުރަ އަދި "ރިސްކް" ހިމެނޭ ތަމްރީނުތަކެއް ކަމަށެވެ.

އެމްއެންޑީއެފްގެ ބަޔާނުގައި ވިދާޅުވީ މިތަމްރީންތަކަށް ނެގޭ ސިފައިންނަކީ ފިޒިކަލް އަދި މެޑިކަލް ޓެސްޓްތަކެއް ހެދުމަށް ފަހު ޓްރެއިނިންތަކުގައި ބައިވެރިވެވޭ ކުދިން ކަމަށެވެ.

Advertisement
Allied — Dhen Online (box)

ތަމްރީނުތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް އެކި އިދާރާތަކުގެ ފަންނީ ބޭފުޅުންގެ މައްޗަށް އެކުލެވޭ ޓީމެއް އެކުލަވައިލައިފައި މިވަނީ ޅ. މާފިލާފުށީގައި ތަމްރީން ހަދަމުން ދިޔަ ޒުވާނެއްކަމުގައިވާ ގދ. ގައްދުއަށް ނިސްބަތްވާ ޕްރައިވެޓް މުހައްމަދު ރާފިލް ރަބީލް މިމަހުގެ ހަތްވަނަ ދުވަހު ނިޔާވެ އަދި ތަމްރީން ހަދަމުން ދިޔަ ސިފައިންގެ އިތުރު ދެ މީހަކަށް އައިޖީއެމްއެޗްގައި މިވަގުތު ފަރުވާ ދެމުންދަނިކޮށެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާ ދެނީ އައިޖީއެމްއެޗްގެ އައިސީޔޫގައެވެ.

"ތިން ކުއްޖެއްގެ މެޑިކަލް މައްސަލަތަކެއް ދިމާވެ އޭގެ ތެރެއިން އެއްކުއްޖަކު ނިޔާވެ ދެވަނަ ކުއްޖަކަށް އައސީޔޫގައި ފަރުވާކުރަން ޖެހި އަދި ތިންވަނަ ކުއްޖަކު އެޑްމިޓްކޮށް ފަރުވާ ދޭންޖެހުމަކީ އެމްއެންޑީއެފްއިން މިކަމާ ކަންބޮޑުވެ ހިތާމަކުރާ ކަމެކެވެ،" އެމްއެންޑީއެފްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެމްއެންޑީއެފްއިން އިތުރަށް ވިދާޅުވީ ދިމާވަމުންދާ މައްސަލަތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ޓަކައި އެކި އިދާރާތަކުގެ ފަންނީ ހިމެނޭ ގޮތަށް ކޮމިޓީއެއް އެކުލަވައިލައި ދިމާވާ މައްސަލަތައް ބެލުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް