"އިންޑިއާ ސިފައިން ގެންގުޅޭ ހަތިޔާރު ފެންނާނީ، އެ މީހުން ބާލާ ދުވަހު"

ދިވެހިރާއްޖޭގައި ގާއިމުވެތިބި އިންޑިއާ ސިފައިން ގެންގުޅޭ ހަތިޔާރު ފެންނާނީ، އެ ސިފައިން ބާލާ ދުވަހު ކަަމަށް ކުރީގެ ޑިފެންސް މިނިސްޓަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ހަތިޔާރާއެކު ތިބި ސިފައިން ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ނެތް ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ މިނިސްޓްރީން މިހެން ބުނެފައި ވަނީ އދ.މަހިބަދޫގައި ބޭއްވި އިންޑިއާ އައުޓް ހަރަކާތުގައި އުތުރުތިލަފަޅުގައި ތަރައްގީ ކުރާ ކޯސްޓްގާޑްގެ ބަނދަރާއި، ޑޮކްޔާޑާ ގުޅޭގޮތުން، އިދިކޮޅު ލީޑަރު ރައީސް ޔާމީން ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.
ރައީސް ޔާމީން ވިދާޅުވެފައި ވަނީ، އިންޑިއާ ސަރުކާރާ އެކު ދިވެހި ސަރުކާރުން ހަދައިފައިވާ އަަސްކަރީ އެއްބަސްވުންތަކުގެ ދަށުން، ސަރުކާރުގެ އެއްވެސް ހުއްދައެއް ނެތި އިންޑިއާގެ އަސްކަރިއްޔާއަށް ރާއްޖެ ސަރަހައްދަށް ވަދެވޭނެ ކަމަށެވެ. އަދި އެ އެއްބަސްވުންތަކުގެ ތެރެއިން، ބޭނުން ބާވަތެއްގެ ހަތިޔާރެއް، ބޭނުން މިންވަރަކަށް ރާއްޖެއަށް އެތެރެ ކުރެވޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ޑިފެންސް މިނިސްޓްރީން މި ވާހަަކަ ދޮގު ކުރިއިރު، ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު ވިދާޅުވީ އިންޑިއާ ސިފައިން ހަތިޔާރު ގެންގުޅޭ ނަމަ، ފެންނާނީ ބަޔަކު ބެލުމުން ކަމަށާއި، އެކަން ކުރާނީ އިދިކޮޅު ޕީޕީއެމްގެ ވެރިކަމެއްގައި ރައީސް ޔާމީން ކަމަށެވެ.
އަދި އިންޑިއާ ސިފައިން މި ގައުމުން ބާލާނެ ދުވަސް އޮތީ ދުރުގައި ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމީހުންވެސް ބާލަޔޭ އިންޑިޔާމީހަކުބާލާފަ ހުއްޓަ ދޮޅިއާދަން އަދި ނުފެންނަނީތަ