Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ލުއި ޚަބަރު

"ނިގޫ އިސްތަށިގަނޑު"ހަދައިގެން ސްކޫލަށް ދިޔުން ޖަޕާނުގައި މަނާކޮށްފި

"ނިގޫ އިސްތަށިގަނޑު"ހަދައިގެން ސްކޫލަށް ދިޔުން ޖަޕާނުގައި މަނާކޮށްފި

އަންހެން ކުދީން "ނިގޫ އިސްތަށިގަނޑުގައި" ސްކޫލަށް ދިޔުން ޖަޕާނުގެ ގިނަ ސްކޫލުތަކަކުން މަނާކޮށްފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި މި ނިންމުމަކީ ދެ ޖިންސުގެ ޒުވާނުންގެ މެދުގައި އުފެދޭ ނޭދެވޭ ގުޅުންތައް މަދުކުރުމުގެ މަގުޞަދުގައި ނިންމި ނިންމުމެކެވެ. އެ ގޮތުން އެ ފަދައިން އިސްތަށިގަނޑު ހަދައިފައި ތިބޭ ކުދީންގެ ކަރު ، ފަހަތުން ފެންނަން ހުރުމުން އެ ކަމަކީ އަންހެން ކުދިންނާ މެދު ފިރިހެން ކުދީންގެ ހިތުގައި ވަހްޝީ ޚިޔާލުތައް އުފަންކުރުވާ ކަމެއް ކަމުގައި ސްކޫލްތަކުން ދެކޭ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

ޖަޕާނަކީ މިފަދަ ތަފާތު ނިންމުންތައް ނިންމާ ގައުމެކެވެ. އެ ގޮތުން އެ ގައުމުގެ ބައެއް ސްކޫލުތަކުން ވަނީ "ވައިޓް އަންޑަރވެއަރ"ގަވާއިދެއް ވެސް ހަދައިފައެވެ. އެ ގަވާއިދު ބުނާ ގޮތުން ސްކޫލަށް ދާއިރު ހުދު ނޫން އެހެން ކުލައެއްގެ ޖަނގިޔާ ލުމަކީ މަނާކަމެކެވެ. ސަބަބެއް ކަމަށް ބަޔާންކޮށްފައި ވަނީ އެހެން ކުލަތައް ލުމުން ހެދުމުގެ ތެރެއިން ޖަނގިޔަލުގެ ކުލަ ފެނި ، ވަހްޝީ ޚިޔާލުތަކަށް ޖާގަ ލިބުމެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް