ޔޫކްރެއިން-ރަޝިޔާ މައްސަލައިގައި ރާއްޖޭގެ ތާއީދު ޔޫކްރެއިނަށް

ރަޝިއާއިން ޔޫކްރޭއިނަށް އަރައިގަތުން ކުށްވެރިކުރައްވައި، ދެ ގައުމުން މަޝްވަރާގެ މޭޒުުދޮށަށް އެނބުރި އައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ގޮވައިލައްވައިފިއެވެ.
ގައުމާ މުޚާތަބް ކުރައްވައި ރައީސް ދެއްވި ޚިތާބުގައި ވިދާޅުވީ، ޔޫކްރޭން މައްސަލައިގައި ރާއްޖޭގެ ވިސްނުން ވަރަށް ސާފު ކަމަށެވެ. މިގޮތުން މި މައްސަލައިގައި ރާއްޖޭގެ ވިސްނުން ބަޔާން ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައި ވަނީ ކޮންމެ ޤައުމެއްގެ ވެސް މިނިވަންކަމާއި ސިޔާދަތަށް ޙުރުމަތްތެރިކޮށް ހިތުމުގެ މައްޗަށް ކަމަށާއި ކުޑަ ޖަޒީރާ ޤައުމެއްގެ ގޮތުގައި އޮވެ، ރާއްޖެއިން ޒަމާނުއްސުރެ ވަކާލާތުކުރަމުން އަންނަނީ ވެސް އެ ބިންގަލުގެ މަތީގައި ބައިނަލްއަޤުވާމީ ގުޅުންތައް ދެމެހެއްޓުމަށް ކަމަށް ވިދާޅުވިއެވެ.
"ކުޑަ ޖަޒީރާ ގައުމެއްގެ ގޮތުގައި އޮވެ، އަޅުގަނޑުމެން ޒަމާނުއްސުރެ ވަކާލާތުކުރަމުން މި އަންނަނީ، އެ ބިންގަލުގެ މަތީގައި ބައިނަލްއަގުވާމީ ގުޅުންތައް ދަމަހައްޓަން. މިއީ އަޅުގަނޑުމެން ގަބޫލުކުރާ ހަމަ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަޝިއާއިން ޔޫކްރޭއިނަށް އަރައިގަތުން ކުށްވެރިކޮށް، ހަނގުރާމަ ވަގުތުން ހުއްޓައިލައި ޔޫކްރެއިނުން ފޭބުމަށް މިމަހުގެ ދެވަނަ ދުވަހު އ.ދ.ގެ އާންމު މަޖިލީހުގައި، 141 ގައުމުން ގޮވައިލި ގޮވައިލުމުގައި ބައިވެރިވެ ދިވެހިރާއްޖެ ވަނީ، ކުދި އަދި ނިސްބަތުން ބާރު ދަށް ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް ރާއްޖެއިން އުފުލަމުން އަންނަ އަޑު އަނެއްކާ ވެސް ތަކުރާރުކޮށްފައި ކަމަށެވެ.
"ދެ ފަރާތުގެ މެދުގައި ހުރި އެއްބަސްވުންތަކަށް ހައްލެއް ހޯދުމަށް ޓަކައި ދެ ފަރާތުން ވެސް މަޝްވަރާގެ މޭޒުދޮށަށް އެނބުރި އައުމަށް ބައިނަލް އަޤްވާމީ މުޖުތަމައުން ގޮވާލާ ގޮވާލުން ދިވެހި ރާއްޖެއިން ވެސް ތަކުރާރުކުރަން" ރައީސް ވިދާޅުވިއެވެ.
މަ ތާއީދުކުރަނީ ރަޝިޔާއަށް