Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އެޗްޕީއޭއިން ނޫސްވެރިންނާ މިރޭ ބައްދަލު ކުރަނީ

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ ، ނޫސްވެރިންނާ ބައްދަލު ކުރާ ގޮތަށް ނިންމައިފިއެވެ.

މިރޭ 9:00ގައި އެޗްޕީއޭގެ ފަރާތުން ނޫސްވެރިންނާ ބައްދަލު ކުރުމަށް ނިންމައިފައި ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރާއި، އެޗްޕީއޭގެ ހެޑް އޮފް ކޮމިނިކެބަލް ޑިޒީސް ޑރ. ފާތިމަތު ނަޒްލާ ރަފީޤެވެ.

2020ވަނަ އަހަރު މާރިޗް މަހު 12 ވަނަ ދުވަހު ރާއްޖޭގައި އިއުލާން ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިއަދު، ރައީސް ޞާލިޙް ވަނީ އުވައިލައްވައިފައެވެ.

Advertisement
HDC — Sidebar (box)

މި ހާލަތު އުވައިލައްވައިފައި ވަނީ މި ބަލިން ރައްކައުތެރިވުމަށް ދިވެހިރާއްޖޭގެ އާބާދީގެ ގިނަ ބަޔަކު ވެކްސިން ފުރިހަމަކޮށްފައިވުމާއި، ބަލި ޖެހޭ މީހުންގެ ނިސްބަތް ދަށްވެ، ބަލީގައި ނުރައްކާތެރި ހާލަތަކަށް ގޮސްގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރަންޖެހޭ މީހުންގެ ނިސްބަތް ވެސް ދަށްވެފައި ވާތީކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ކުއްލި ނުރައްކަލުގެ ހާލަތު އުވައިލުމުން ދެން އަންނާނެ ބަދަލުތަކާ ބެހޭ މައުލޫމާތު ދެއްވާނެ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް