Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އަޅުގަނޑުގެ ހާލު މިހާރު ރަނގަޅު: ރައީސް

އަޅުގަނޑުގެ ހާލު މިހާރު ރަނގަޅު: ރައީސް

ތައިރޮއިޑްގެ އޮޕަރޭޝަނަށް ފަހު އެ މަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.

ގައުމާ މުހާތަބު ކުރައްވަމުން ރައީސް ވިދާޅުވީ ތައިރޮއިޑްގެ އޮޕަރޭޝަނަށް ފަހު ހާލުކޮޅު މިހާރު ރަނގަޅު ކަމަށާއި އަދި ހެޔޮދުއާ ކޮށްދެވި ހުރިހާ ރައްޔިތުންނަށް އާއިލާގެ ނަމުގައި ޝުކުރު އަދާކުރާ ކަމަށެވެ.

"އަޅުގަނޑު މީގެ ހަފުތާއެއްހާ ދުވަސް ކުރިން މިއައީ، އަޅުގަނޑުގެ ތައިރޮއިޑްގެ އޮޕަރޭޝަނެއް ކޮށްގެން. މާތް ﷲގެ އޯގާވަންތަކަމުން އަޅުގަނޑުގެ ޙާލު މިހާރު ރަނގަޅު. އޮޕަރޭޝަނަށް އަޅުގަނޑު ސިންގަޕޫރަށް ދިޔަ ދުވަހުން ފެށިގެން، އަޅުގަނޑަށް ހެޔޮދުޢާ ކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާ އެކު އަޅުގަނޑާއި އަޅުގަނޑުގެ ޢާއިލާގެ ފަރާތުން ޝުކުރު ދަންނަވަން" ރައީސް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

މި ސާޖަރީ ކުރައްވަން ރައީސް ސިންގަޕޫރަށް ވަޑައިގަތީ ފެބްރުއަރީ 23ގައެވެ. ސާޖަރީ ކުރެއްވީ ފެބްރުއަރީ 25 ގައެވެ. ތިން ގަޑިއިރުގެ ސާޖަރީއަކަށް ފަހު އެ މަނިކުފާނު ހޮސްޕިޓަލުގައި އިތުރު ހަތަރު ދުވަސް ހޭދަކުރެއްވިއެވެ. އެނބުރި ރާއްޖެ ވަޑައިގެންނެވީ މާޗު 6ގައެވެ.

ތައިރޮއިޑް ފަރުވާއަކަށް ކުރެއްވި އޮޕަރޭޝަނާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަގުތީގޮތުން ނައިބު ރައީސް ފައިސަލް ނަސީމްއާ ހަވާލުކުރައްވައިފައިވެއެވެ. ނަމަވެސް އޮޕަރޭޝަނަށް ފަހު ރައީސް ވަނީ އަލުން މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް