Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ފަންނީ އުފެއްދުންތަކާ ގުޅޭ ބިލު ކޮމިޓީއަށް ފޮނުވައިފި

ފަންނީ އުފެއްދުންތަކާ ގުޅޭ ބިލު ކޮމިޓީއަށް ފޮނުވައިފި

ރާއްޖޭގައި އުފައްދާ އުފެއްދުންތަކާއި އަދި އެތެރެކުރާ ފަންނީ އުފެއްދުންތައް އާންމުކުރުމުގެ ކުރިން ތަފާތު އުމުރުފުރާތަކަަށް އެކަށޭނެ ގޮތަށް އެ އުފެއްދުންތައް ގިންތިކޮށް ދަރަަޖަކުރަން "ފަންނީ އުފެއްދުންތައް ގިންތިކުރުމާއި ދަރަޖަ ކުރުމުގެ ގާނޫނު"ގެ ނަމުގައި ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

އެ ބިލުގެ އިބްތިދާއީ އަޑުއެހުންތައް ނިންމައި، ބިލު އިތުރަށް ދިރާސާކުރަން މަޖިލީހުގެ ކޮމިޓީއަށް ފާސްކުރަން ފޮނުވަން މަޖިލީހުގެ ތަޅުމުން މިއަދު ފާސްވީ 41 މެންބަރުންގެ ވޯޓާއެކުއެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދެވެ.

Advertisement
Allied — Dhen Online (box)

"ފަންނީ އުފެއްދުންތައް ގިންތިކުރުމާއި ދަރަޖަ ކުރުމުގެ ގާނޫނު" ގެ ނަމުގައި ހުށަހެޅި ބިލު ދެން އިތުރަށް ދިރާސާކޮށް ގޮތެއް ނިންމާނީ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއިންނެވެ.

އުފެއްދުންތައް އާންމުކުރުމުގެ ކުރިން ތަފާތު އުމުރުފުރާތަކަށް އެކަށޭނެ ގޮތަށް ގިންތިކުރެވޭ އުފެއްދުންތަކެއް ކަމަށް ކަށަވަރުކުރުމަށް ޓަކައި ގިންތިކުރުމާއި ދަރަޖަކުރުމުގެ ނިޒާމެއް ގާއިމުކުރުމުގެ މަގުސަދުގައި ހުށަހެޅި ބިލެކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް