Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޕެސްޓް ބަންދު ކުރަން ހައިކޯޓުން އަމުރުކޮށްފި

ޕެސްޓް ބަންދު ކުރަން ހައިކޯޓުން އަމުރުކޮށްފި

މަސްތުވާތަކެތީގެ ތުހުމަތެއްގައި ހައްޔަރުކޮށް، ބަންދުކޮށްފައި ހުއްޓައި ކޯޓުން ދޫކޮށްލި ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ޖަލަށް ބަދަލުކުރަން ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ބޭސްފަރުވާއަށް ގޭބަންދަށް ޕެސްޓު ދޫކޮށްލީ ދައުލަތުން އޭނާގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ދަށު ކޯޓުން ކުރިން ނެރުނު އަމުރަށް ހައިކޯޓުން ތާއީދުކޮށްފައި ވަނިކޮށެވެ. އޭނާ ދޫކޮށްލި މައްސަލަ ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

އިސްތިއުނާފީ ނުކުތާގައި މި މައްސަލައާ ގުޅޭ ގޮތުން ދައުލަތުން ބުނީ ކްރިމިނަލް ކޯޓުން ޕެސްޓް ދޫކޮށްލައިފައި ވަނީ އޭނާ ބަންދުން ދޫކޮށްލާނެ ތަނެއް ނެތްކަމަށް ހައިކޯޓުން މީގެ ކުރިން ކަނޑައަޅައިފައި ވަނިކޮށް، އެ ނިންމުމާ ހިލާފަށް ކަމަށެވެ. އަދި ރިމާންޑް ޖަލެއްގައި ޝަރީއަތް ނިމެންދެން ޕެސްޓު ބަންދުކޮށްދިނުމަށް ދައުލަތުން ވަނީ ހައިކޯޓުގައި އެދިފައެވެ.

Advertisement
Allied Insurance — Square (box)

މި މައްސަލައިގައި ހައިކޯޓުން މިއަދު އިއްވި ހުކުމުގައި ބުނީ ދަށު ކޯޓުން ޕެސްޓް ދޫކޮށްލީ ބޭސްފަރުވާއަށް ކަމަށް ބަޔާންކުރި ނަމަވެސް އެކަމުގެ ތަފްސީލުތައް ހިމަނައިފައި ނުވާ ކަމަށާއި އެ ގޮތުން ބޭސްފަރުވާ ނުލިބިގެން އޭނާ ޝަކުވާތަކެއް ކޮށްފައިވާކަން ދަށު ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވީ ނަމަވެސް، އެ ޝަކުވާތަކަކީ ކޮބައިކަމާއި، އޭގެތެރެއިން ބެލުނު ޝަކުވާއަކީ ކޮބައިކަން ވެސް ނޭނގޭ ކަމަށެވެ.

އެހެންކަމުން ޕެސްޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ސަބަބު ސާފު ނުވާ ކަމަށް ބުނެ ހައިކޯޓުން ވަނީ އޭނާ އަލުން ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް