Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

12 ކިލޯގެ ޑްރަގް މައްސަލަ: އިންޑިއާ މީހާގެ ގިނަ ކުށްތަކެއް

12 ކިލޯގެ ޑްރަގް މައްސަލަ: އިންޑިއާ މީހާގެ ގިނަ ކުށްތަކެއް

ބާރަ ކިލޯގެ ޑްރަގް މައްސަލައިގައި ހައްޔަރު ކޮށްފައިވާ އިންޑިއާ މީހާއަކީ ގިނަ ކުށްތަކެއްގެ ރިކޯޑު އޮތް މީހެއް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތީގެ މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ ވަނަވަރު ފުލުހުން މިއަދު ހާމަ ކުރައްވައިފައިވާ އިރު، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީ (37އ)އަކީ މިކަމުގައި އެންމެ އިސްކޮށް އުޅޭ މީހާ ކަމަށް މައުލޫމާތު ލިބެއެވެ.

ދިވެއްސަކާ ކައިވެނި ކޮށްގެން ރާއްޖޭގައި ދިރިއުޅޭ ސްމޭޝްއަކީ މީގެ ކުރިން ވެސް މަސްތުވާތަކެއްޗާއި ބަނގުރާގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާއާއެކު ހައްޔަރުކޮށްފައި ވަނިކޮށް ކޯޓުން ދޫކޮށްލާފައިވާ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ މައްސަލަ މިހާރު ވަނީ ކޯޓުގައެވެ.

Advertisement
HDC — Sidebar (box)

މަސްތުވާތަކެތީގެ އިތުރުން ސްމޭޝަކީ މާރާމާރީގެ ކުށުގެ ރިކޯޑް ވެސް އޮންނަ މީހެކެވެ.

ކަނޑުމަގުން ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ޑިޕާޓްމަންޓާއި ޑްރަގް އެންފޯސްމަންޓު އަދި މެރިން ޕޮލިސް ގުޅިގެން މި މަހު 14ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ސްމޭޝްއާ އެކު ހައްޔަރު ކޮށްފައި ވަނީ ނ. ވެލިދޫ / މަރިޔާޒް މުހައްމަދު އަބްދުއްލަތީފް (30އ)އާއި ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ކަވްސަރު އަލަމް (30އ)އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް