Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

12 ކުރުނބާ ވަގަށް ނެގި މީހަކު 331 ގަޑިއިރު މުޖުތަމައުއަށް ޚިދުމަތްކުރަން ޙުކުމްކޮށްފި

12 ކުރުނބާ ވަގަށް ނެގި މީހަކު 331 ގަޑިއިރު މުޖުތަމައުއަށް ޚިދުމަތްކުރަން ޙުކުމްކޮށްފި

ޏ. ފުވައްމުލަކުގައި މީހެއްގެ ގޯއްޗަކުން 12 ކުރުނބާ ވަގަށް އެޅި މީހަކު 331 ގަޑިއިރަށް މުޖުތަމައުއަށް ހިދުމަތް ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 10ވަނަ ދުވަހު، ފުވައްމުލަކު ދިގުވާޑު އަވަށުގެ ގޯއްޗަކަށް ވަދެ އެގޭ ރުކުން ވަގަށް 12 ކުރުނބާ އެޅި ކަމަށް އެމީހާ ވަނީ ކޯޓުގައި އިއުތިރާފުވެފައެވެ.

ކުށަށް އޭނާ އިއުތިރާފުވީ ނަމަވެސް، މިބާވަތުގެ ކުށެއް އޭނާ ފާއިތުވީ ދެ އަހަރު ދުވަހުކޮށްފައި ވާތީ، ކުށަށް އިއުތިރާފުވުމުން ލިބޭ ލުޔެއް އޭނާއަކަށް ނުލިބުނެވެ.

Advertisement
Allied — Dhen Online (box)

ވައްކަމުގެ ކުށުގެ އަދަބު، މުޖުތަމައުއަށް ހިދުމަތްކުރުމުގެ އަދަބަކަށް ބަދަލު ކުރުމުން، ދައުލަތުން ވަނީ އެކަމާ އިންކާރުކޮށްފައެވެ. ނަމަވެސް އޭނާ އިއުތިރާފުވުމުން ވަގުތު ސަލާމަތްވެފައި ވާތީ އެ ކުށުގެ އަދަބު މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބަށް ބަދަލު ކޮށްދޭން މި މައްސަލަ ބެއްލެވި ގާޒީ ސަފްއަތު ހަބީބު ނިންމެވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް