Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހިޖާބު މަނާކުރި ކަރްނާޓަކާގައި ހިންދޫންގެ ފޮތްތައް ކިޔަވައިދޭން ފަށަނީ

ހިޖާބު މަނާކުރި ކަރްނާޓަކާގައި ހިންދޫންގެ ފޮތްތައް ކިޔަވައިދޭން ފަށަނީ

ކިޔެވުމުގެ މާހައުލަށް ދީނީކަންކަން ނުވެއްދޭނެ ކަމުގެ ބަހަނާގައި ސްކޫލުތަކުގައި ހިޖާބު މަނާކޮށް މުސްލިމުންނަށް ތުރާކުރި އިންޑިއާގެ ކަރްނާޓަކާގެ ސްކޫލުތަކުގައި ހިންދޫ ދީނުގެ ފޮތްތައް ކިޔަވައިދޭން ފަށަން ތައްޔާރުވެއްޖެއެވެ.

ޚަބަރުތައް ބުނާ ގޮތުގައި ކަރްނާޓަކާގެ އެޑިޔުކޭޝަން ޑިޕާޓްމަންޓުން ދަނީ އެ ސްޓޭޓްތަކުގެ ސްކޫލުތަކުގައި 'މޯރަލް ސައިންސް"ތަޢާރަފްކޮށް އެ މާއްދާގައި ހިންދޫންގެ ފޮތް "ބަގުވަގީތާ"ކިޔަވައިދޭން މަޝްވަރާ ކުރަމުންނެވެ. އެ ގޮތުން ކަރްނާޓަކާގެ ޗީފް މިނިސްޓަރ ، ބީޖޭޕީގެ ބަސަވަރާޖު ބޮމްމައިއާ މަޝްވަރާ ކުރުމަށް ފަހު ސްކޫލުތަކަށް މި އެންގުން އަންގާނެކަމަށް އެޑިޔުކޭޝަން މިނިސްޓަރު ބީސީ ނަގޭޝް އިންޑިއާގެ މީޑިއާތަކަށް އިއްޔެ ބުނެފައި ވެއެވެ.

އޭނާ ބުނެފައި ވަނީ މިކަންތައް ކުރިއަށް ގެންދާނީ އެކި މަރުހަލާތަކަށް ބަހައިލައިގެން ކަމަށާއި ފުރަތަމަ މަރުހަލައިގައި ހަފްތާއަކު އެއް ދުވަހު މޯރަލް ސައިންސް މާއްދާގައި ކިޔަވައިދޭނީ ބަގުވަގީތާ ކަމަށެވެ. އަދި ތައުލީމީ ދާއިރާގެ އެކްސްޕާޓުންނާ މަޝްވަރާކޮށް ފަހުގެ މަރުހަލާތަކުގައި ހިންދޫންގެ ރާމަޔަންއާއި ބައިބަލް އަދި ކީރިތި ޤުރުއާންގެ ބައެއް އާޔަތްތައް ކިޔަވައިދިނުމަށް ވިސްނާކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

Advertisement
Allied — Dhen Online (box)

އޭނާ ބުނެފައި ވަނީ ސްކޫލުތަކުގެ އަޅުކަމުގެ ޕްރޮގްރާމްގައި ވެސް 700 އާޔަތް ހިމެނޭ ބަގުވަގީތާ ، ކިޔަވައިދޭނެ ކަމަށެވެ.

https://dhen.mv/145482

ކަރްނާޓަކާ ސްކޫލުތަކުން ހިޖާބު މަނާކުރީ ، ސުކޫލުތަކުގެ މާހައުލުތައް ، ދީނީ ރަމްޒުތަކުން ދުރުވާން ޖެހޭކަމަށް ބުނެއެވެ. މިކަމާ ދެކޮޅު ހަދައި މުސްލިމު ދަރިވަރުން ވަނީ އިހުތިޖާޖުކޮށް ، ކަރްނާޓަކާ ހައިކޯޓަށް މައްސަލަ ވެސް ހުށަހަޅައިފައެވެ. ނަމަވެސް އެ ކޯޓުން ވެސް ވަނީ ކަރްނާޓަކާ ސަރުކާރުގެ ނިންމުން ދިފާއުކޮށް މުސްލިމުންނާ އިދިކޮޅު ހަދައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް