Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސްފި

މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސްފި

މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް އިސްލާމިކް މިނިސްޓްރީން ބަދަލު ގެނެސްފިއެވެ.

އެ މިނިސްޓްރީން ބުނީ މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން، މުދަލު ޒަކާތުގެ ނިޞާބަކީ 7241.15 (ހަތްހާސް ދުއިސައްތަ ސާޅީސް އެއް ރުފިޔާ ފަނަރަ ލާރި) ކަމަށެވެ.

މީގެ ކުރިން މުދަލު ޒަކާތުގެ ނިޞާބުގެ ގޮތުގައި ހަމަޖައްސާފައި ވަނީ 6961.50(ހަހާސް ނުވަސަތޭކަ ފަސްދޮޅަސް އެއް ރުފިޔާ، ފަންސާސް ލާރި) އެވެ.

Advertisement
Ooredoo — Truecaller (box)

 

https://twitter.com/MVIaffairs/status/1505410387042537475

މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ(މީރާ) މީރާއިން ވަނީ އެ އޮތޯރިޓީގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް މުދަލު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފައެވެ.

މުދަލު ޒަކާތް ކުރިން ދައްކަން ޖެހެނީ އިސްލާމިކް މިނިސްޓްރީއަށެވެ. ނަމަވެސް 2016ވަނަ އަހަރުން ފެށިގެން، މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާއަށް ބަދަލުކޮށްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް